ސްކޫލްތަކުގެ ކިޔެވުން ފަތިސް ނަމާދުން ފަށަނީ

އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ކިޔެވުން ފަށާނީ ފަތިސް ނަމާދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިމިވަނީ އެއްދަންފަޅިއަށް ކިޔަވައިދިނުމާއި ނާސްތާ ޕްރޮގްރާމްގެ މަޢުލޫމާތު އާންމުންނަށް ދެއްވުމަށް ރޭ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ،

މިނިސްޓަރު ވިދާޅުވީ، އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް އިއްޔެ 22 ސްކޫލެއްގައި ފަށާފައިވާ ކަމަށާއި އަދި އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރަނީ ހަމައެކަނި ސެޝަން ބަދަލުކޮށްލުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި އެކަމުގެ ބޭނުމަކީ ސްކޫލްތަކުގައި އެކަށީގެންވާ ވަސީލަތް ގާއިމްކޮށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދީގެން ދަރިވަރުން ދުނިޔެ އާއި ދިރިއުޅުމަށް ތައްޔާރުކޮށް ދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ސްކޫލް ސެޝަން ނިމުމުން ދަރިވަރުންނާއި ޓީޗަރުން ގެއަށްގޮސް އާއިލާތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

"އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށިގެންދާނީ ފަތިސް ނަމާދުން. އެއަށްފަހު ކުދިން ތަފާތު ކުޅިވަރު ކަސްރަތުގައި މަޝްއޫލުވެ އުޅުމަށްފަހު ގެއަށްގޮސް ސުކޫލަށް ތައްޔާރުވެގެން ސްކޫލުން ނާސްތާ ކުރުމަށްފަހު ކްލާސްތައް ފެށޭ ގޮތަށް ވަނީ ހަމަޖެހިފައި" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ކިޔަވައިދެމުން އަންނަ ސަރުކާރުގެ 213 ސްކޫލުގައި ކިޔަވަމުންދާ 70،000 އަށް ވުރެ ގިނަ ދަރިވަރުން ހެނދުނުގެ ނާސްތާ ދޭން އިއްޔެ ފެށިފައިވާއިރު، މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ތިން ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން

ހިޔާލު

 1. ސާލިހުންގެޖަގަހަ

  ތިޔަކަމުގެ ބޭނުމާއި ސިއްރު އެޖެންޑާ19 އަކަށް ވާނީ ދީންވެރިކަމުގެ ދަޅަ ދައްކައިގެން ދަހަރިވަރުންގެ ހިތުގައި އިސްލާމް ދީނާމެދު ނަފުރަތު އުފެއްދުން، އަދި ކުދިން ކިޔެވުމާއި ދުރުކޮށް ގާފިލުކަން އިތުރުކުރުން،
  އިބިލީހަށްވެސް އެނގޭ އެބަޔަކު މަގުފުރެއްދޭނީ ދީނވެރިކަމުގެ ނަމުގަ މަގުއޮޅުވާލަިގެންކަން،
  ސޯލިހުންގެ ގޮތުގަ ދެއްކިގެން ތިޔަހުރިހާ ކަމަކީވެސް ބޮޑުއިބިލީހުގެ ސިއްރު އެޖެނޑާ….

  2
  4
 2. Ainth

  ފަތިސް ނަމާދުން ސްކޫލްތައް ފެށުމަކީ ރަނގަޅުމެއް. އެޑިޔުކޭޝަން މިނިސްޓަރ ބުރުގާ އެޅުމަކީވެސް ނުހަނު ރަނގަޅުކަމެއް

  7
  1
  • މީހެއް

   MDP kudhinn fathiss namaadhu kura ee 6 jeheema dhw

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް