ނައިބު ރައީސް ފައިސަލް ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވައިފި

ނައިބް ރައީސް ފައިސަލް ނަސީމްގެ ހާލުކޮޅު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވައިފިއެވެ.

އެމަނިކުފާނުގެ ހާލުކޮޅު ބޮޑުވެ، އެޑްމިޓް ކުރައްވާފައިވަނީ ރޭގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ނައިބު ރައީސް އެޑްމިޓްކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށާއި، އެޑްމިޓް ކުރީ ގަދަ ހުމެއް އައިސްގެންކަމަށެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ، ނައިބް ރައީސް ކޮވިޑް ޓެސްޓް ހެއްދެވި ކަމަށާއި ޓެސްޓުގެ ނަތީޖާ ލިބުނުއިރު ނައްސި ކަމަށާއި އެހެން ކަމުން އެއީ ކޮވިޑްގެ ކަމެއް ނޫން ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

އަދި ނައިބު ރައީސްގެ ޓެސްޓްތައް ހަދަމުން ދިޔަ ނަމަވެސް މިވަގުތު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
14
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ