އއ. މަތިވެރި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ލ. މާމެންދޫ، ރޯޝަންވިލާ، އަސްލަމް ޙުސައިން (35އ) އެވެ.
އަސްލަމް ޙުސައިންއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އއ. މަތިވެރި ޕޮލިސް ސްޓޭޝަނުގެ ޑިއުޓީ ނަމްބަރު 9994875 އަށް ގުޅުއްވައި ޙިއްސާކުރެއްވުން ރައްޔިތުންގެ ކިބައިން ފުލުހުން އެދިފައިވެއެވެ.
ހޯދަމުންދާ މީހާގެ ފޮޓޯ ފުލުހުން ވަނީ އާއްމުންނަށް ހިއްސާކޮށްފައެވެ.




