17 އަހަރުގެ ކުއްޖަކަށް ބައްޕަގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބުނު އަދި ބަޔަކު އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުޤީޤުކުރަން ފަށާފިއެވެ.
17 އަހަރުގެ އަންހެން ކުއްޖަކަށް ބައްޕަގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބޭތީ، އެކުއްޖާ އަމިއްލައަށް ފުލުސް ސްޓޭޝަނަށް ގޮސް އިއްޔެ މައްސަލަ ހުށަހަޅައިފައިވާއިރު، މައްސަލައިގެ ތަހުޤީގުން އެ ކުއްޖާ އަށް އެހެން ބައެއްގެ ފަރާތުންވެސް ޖިންސީ ގޯނާ ފޯރާފައިވާކަމަށް ފުލުހުންނަ ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ވިދާޅުވީ، ހަޤީޤަތް އޮޅުންފިލުވުމަށްޓަކައި، ޑޮކްޓަރަށް ދެއްކުމުން، ލިބުނު މައުލޫމާތުން އެނގުނު ގޮތުގައި ކުއްޖާ އަށް އެހެން ބަޔަކު ޖިންސީ އަނިޔާކޮށްފައިވާކަން ޔަޤީންވެފައިވާކަމަށެވެ.
އއ. އަތޮޅު ރަށަކަށް ނިސްބަތްވާ، ނަފުސާނީ މައްސަލަތަކެއް ހުންނަ މި ކުއްޖާގެ ބައްޕަ އޭނައަށް ޖިސްމާނީ އަނިޔާކުރާ މައްސަލަ އަމިއްލަ އަށް ހުށަހެޅީ އެ ރަށުގެ ޕޮލިސް ސްޓޭޝަށް ގޮހެވެ.
ބައްޕަގެ ފަރާތުން ކުއްޖާ އަށް ލިބުނު ޖިސްމާނީ އަނިޔާ އާއި އެހެން ބައެއް މީހުންގެ ފަރާތުން ލިބުނު ޖިންސީ އަނިޔާގެ މައްސަލަ ފުލުހުން މިހާރު ވަކިވަކިން ބަލަމުންއަންއިރު، މިހާތަނަށް އެއްވެސްމީހަކު މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެއް ނުވެއެވެ.




