ޝޭ މިޗެލް ދަރިއަކު ބޭނުންވޭ، އެކަމަކު އަލުން ބަނޑުބޮޑުވާކަން ބޭނުމެއް ނޫން!

"ޕްރެޓީ ލިޓްލް ލަޔާސް" އިން ގިނަ ބައެއްގެ މަޤްބޫލުކަން ހޯދި އެކްޓްރެސް ޝޭ މިޗެލް، ދެވަނަ ދަރިއަކު ބޭނުންވާ ކަމަށާއި ނަމަވެސް އަލުން ބަނޑުބޮޑުވާން ބޭނުންނުވާ ކަމަށް ހާމަކޮށްފިއެވެ.

ޝޭ މިޗެލްގެ އަންހެން ދަރިފުޅު، އެޓްލަސް ނޯއާ އުފަންވެފައ ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރުގައެވެ. ޝޭ މިޗެލް ބުނީ، އަލަތު ދަރިފުޅަށް އެއްބަނޑު އެއްބަފާ ކޮއްކޮއެއް ހޯދައިދޭން ބޭޏުންވާ ކަމަށެވެ. ނަމަވެސް އަލުން ބަނޑުބޮޑުވެ ވިހަން ބޭނުން ނުވާކަމަށް ޝޭ ހާމަކޮށްފައިވެއެވެ.

ޝޭ މިޗެލް ހާމަކުރިގޮތުގައި، ބަނޑުބޮޑު ދުވަސްވަރު، ދަރިފުޅު ވިހެއުމުގެ ކުރިން މައިމީހާއަށް ކުރިމަތިވާ ޑިޕްރެޝަން އެއް ކަމުގައިވާ "ޕްރީޕާޓަމް" ޑިޕްރެޝަން އޭނާ ތަހައްމަލު ކުރަން ޖެހުނެެވެ. ޝޭ ބުނީ، ކުރިން އޭނާއަށް އެނގިފައި އޮތް ގޮތުގައި، މި ޑިޕރެޝަން ނުވަތަ "ޕޯސްޓްޕާޓަމް" ޑިޕްރެޝަން ކުރިމަތިވަނީ ދަރިފުޅު ވިހެއުމަށްފަހުއެވެ.

އެހެންކަމުން އޭނާ ތައްޔާރުވަމުން އައީ އެކަމަށް ކަމަށާއި އަދި އަލުން  އެނބުރާ އެދުވަސްތަކަށް ދާން ބިރުގަންނަ ކަަމަށް ޝޭ ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ