މިތަނުން އަސްލު އައިޝްވާރިޔާ އަކީ ކާކުކަމެއް ނޭނގުނު!

ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ލިސްޓުގައިވެސް ހިމެނޭ، ބޮލީވުޑްގެ ބަތަލާ އައިޝްވާރިޔާ ރާއި ބައްޗަން އަކީ، އޭނަގެ ހުނަރާއި އެއްވަރަށް ރީތިކަމުގެ ސަބަބުން ދުނިޔޭގެ ސަމާލުކަންް ލިބިފައިވާ ތަރިއެކެވެ. އައިޝްވާރިޔާ މަޝްހޫރު ވެގެން އައިއިރު، ބޮލީވުޑް އަދި ހޮލީވުޑްގެ އެހެން ތަރިންގެ ’ޑޮޕްލްގޭންގަރސް" ނުވަތަ އެއް ވައްތަރު މީހުން ހުންނަ ފަދައިން، އައިޝްވާރިޔާ އާއި ވައްތަރު ކަމަށް ބުނާ މީހުންވެސް އައީ ފެންނަމުންނެވެ. ނަމަވެސް ދާދިފަހަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި އަންހެނެއް، އައިޝްވާރިޔާ އާއި ވައްތަރުކަމުން ގިނަ ބަޔަކު ހީކުރީ އެއީ ހަމަ އަސްލަށްވެސް އައިޝްވާރިޔާ ކަމަށެވެ.

ދުނިޔޭގެ ރީތީގެ ރާނީގެ ލަޤަބުވެސް ހޯދައިފައިވާ އައިޝްވާރިޔާ އާއި އެއްވަތުރު ކަމަށް ބުނެި މިދުވަސްވަރު މުޅި މީސްމީޑިއާގައި ޙަބަރު ފެތުރިފައިވާ މި އަންހެން މީހާއަކީ، އާމްނާ އިމްރާން ނަމަކަށް ކިޔާ ޕާކިސްތާނުގެ ބްލޮގާއެކެވެ. އާމްނާގެ ފޮޓޯ އެންމެ ފުރަތަމަ ހިއްސާކޮށް،  މިކަން ދުނިޔޭގެ އެންމެންގެ ސަމާލުކަމަށް ގެނެސްފައިވަނީ، ބޮލީވުޑްގެ މަޝްހޫރު ’ވައިރަލް ބަޔާނީ‘އެވެ.

’ވައިރަލް ބަޔާނީ‘ އިންސްޓަގްރަމް އަށް ދޫކޮށްލި އާމްނާގެ ފޮތޯތަކާއެކު، އައިޝްވާރިޔާ އާއި އާމްނާ ވައްތަރުކަމުން އޭނާގެ ރީތިކަމަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާއިރު، އަނެއް ބަޔަކު ބުނަމުން އައީ އޭނާ ވަނީ އައިޝްވާރިޔާ އާއި ވައްތަރުވާން ޕްލާސްޓިކް ސަރޖަރީ ހަދާފައިކަމަށެވެ. ނަމަވެސް އެންމެންގެ ސަމާލުކަން ލިބުމުން، އާމްނާ ވަނީ މި ޕޯސްޓަށް ކޮމެންޓްކޮށް، ޕްލާސްޓިކް ސާރޖަރީ ނަހަދާކަމަށް ބުނެފައެވެ.

އާމްނާގެ އިންސްޓަގްރަމް އެކައުންޓުގައި ހިއްސާކޮށްފައިވާ ފޮޓޯތަކުގައި، އޭނާ ވަނީ އައިޝްވާރިޔާ ކުޅެފައިވާ ފިލްމްތަކުގައި އައިޝްވާރިޔާގެ ލުކްތައް ފެންނަހެން މޭކަޕްކޮށް ހެދުން އަޅާފައެވެ. އަދި ޓިކްޓޮކްގައިވެސް އުޅޭ އާމްނާ ވަނީ އައިޝްވާރިޔާ ކުޅެފައިވާ ފިލްމަތަކުގެ ސީންތައް އަލުން ކުޅެ ވީޑިއޯ ހިއްސާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ