ވައިގެ ތެރޭގައި އޮވެ ޕިއްޒާ ކާ މި ވީޑިއޯއަށް ސަމާލުކަން!

ޓެކްސަސް ގެ ހަތަރު ސްކައިޑައިވާ ، ސްކައި ޑައިވިން އަށް ގޮސް، ވައިގެ ތެރޭގައި ޕިއްޒާ އެއް ކާ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ވައިގެ ތެރޭގައި އޮވެ މި ހަތަރު މީހުން ޕިއްޒާ ކައިފައިވަނީ، 14000 ފޫޓު މަތިން ފުއްމާލުމަށްފަހުއެވެ. މި ހަތަރު މީހުން ހެދި މި ތަފާތު ސްޓަންޓްގެ ވީޑިއޯ މީސްމީޑިއާގައި މިހާރު ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.

މި ތަޖުރިބާގައި ބައިވެރިވި ސްކައި ޑައިވާ، ލޯރީ ޕެޓެލޮކޯ ބުނި ގޮތުގައި، މިއީ އޭނާ މިހާތަނަށް ކުރި އެންމެ ޤަބޫލުކުރަން އުނދަގޫ އަދި އެންމެ ތަފާތު އެއް ކަމެވެ.

މިކަން ކުރަން ހިޔާލު އައިކިހިނެއްކަން ބުނެދެމުން، އޭނާ ބުނި ގޮތުގައި، އޭނަގެ ރަހްމަތްތެރިޔާ މެލިސާ ބޭނުންވީ، ސްކައި ޑައިވް ކުރަމުން ވައިގައި އޮވެ ޕިއްޒާ ކެވޭތޯ ޓެސްޓެއް ކޮށްލާށެވެ. އަދި ޓެކްސަސްގެ ހިއުސްޓަން ސިޓީގައި ހުންނަ ސްކައިޑައިވް ސްޕޭސްލޭންޑެއްގައި ދުވަސްތަކެއްވަންދެން މިކަން ކުރުމަށް ޕްރެކްޓިސް ކުރުމަށްފަހު ކްރޫގެ ހަތަރު މެންބަރުން މިކަން ކުރަން ނިންމީ ކަމަށް އޭނާ ބުންޏެވެ.

މި މީހުން ތިބީ މި ސްޓަންޓް ދެވަނަ ފަހަރަށް ޖައްސަންވެސް ތައްޔާރަށް ކަމަށް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ