ކުއްލި ޚަބަރު: ބޯކޮށް ވާރޭ ވެހި ކުޑަހުވަދޫގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި ދ.ކުޑަހުވަދޫގައި ފެންބޮޑުވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ފެން ވަންނަމުންދާތީ، އެރަށު ރައްޔިތުންނަށް އެހީތެރިވުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކުޑަހުވަދޫ ޕޯސްޓުގައި މަސައްކަތްކުރާ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ގޭތެރެއަށް ފެންވަނުން ކޮންޓްރޯލް ކުރުމަށްޓަކައި ހަތަރު ގެއެއްގައި ވެލިބަސްތާ ޖަހާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިންގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

މޫސުން ގޯސްވެ ކުޑަހުވަދޫގެ ބޯ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ކުޑަހުވަދޫގެ ގެތަކަށް ފެން ވަންނަން ފަށާފައި މިވަނީ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައި ވަނިކޮށެވެ.

ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެކަމަށް، މިއަދު ހެނދުނު 09:15 އިން ހަވީރު 03:00 އަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާރޓް ނެރެފައިވާއިރު ކ އަތޮޅާއި ލ އަތޮޅުގެ ދެމެގައިވާ އަތޮޅުތަކަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މެދުތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރުން އަދި މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށާއި، އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

އިރާއި އިރުދެކުނުން، ދެކުނުގެ އަތޮޅު ތަކަށް ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި، އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު  05  މޭލާއި 13  މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ. ރާއްޖޭގެ ކަނޑުތައް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ