"ހީރޯޕަންތީ 2" ރިލީޒްކުރަނީ ޑިސެމްބަރު 3 ގައި

ޓައިގާ ޝްރޮފް އަދި ކްރިތީ ސަނޮން ލީޑު ރޯލުން ފެނިގެން ދިޔަ، 2014 ވަނަ އަހަރު ރިލީޒް ކުރި ހީރޯޕަންތީގެ ސީކުއަލް، ހީރޯޕަންތީ ދޭއްގެ ޕޯސްޓަރާއެކު ފިލްމު ރިލީޒް ކުރާ ތާރީހު އާންމު ކޮށްފިއެވެ.

 

ޓައިގާ އާ ތާރާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމު ރިލީޒްކުރާނީ އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. ޓައިގާ އާއި ތާރާ މީގެ ކުރިން ފެނިގެން ގޮސްފައިވަނީ ތާރާގެ ބޮލީވުޑް ޑެބިއު ފިލްމް ސްޓޫޑަންޓް އޮފް ދަ އިޔާ 2 އިންނެވެ. ހީރޯޕަންތީ އަކީ ޓައިގާގެ ޑެބިއު ފިލްމެވެ.

ހީރޯޕަންތީ 2 އަކީ ސާޖިދު ނަޑިއަދުވާލާގެ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމުގެ ފަސްޓްލުކް ހިއްސާކުރަމުން ޓައިގާ ބުނީ "ފަސްޓް ލަވް އިޒް ބެކް" ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ