ގޯޕީގެ ދަރި މީރާ ރާއްޖޭގައި!

ޓީވީ ބަތަލާ ތަންޔާ ޝަރުމާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ކާމިޔާބު ހިންދީ ޑްރާމާ "ސާތު ނިބާނާ ސާތިޔާ"ގެ ބަތަލާ "ގޯޕީ"ގެ ދަރި "މީރާ"ގެ، ރޯލް އަދާކޮށްފައިވާ ތަންޔާ ޝަރުމާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ "ކްރޮސް ރޯޑް މޯލްޑިވްސް"ގައެވެ.

ތަންޔާ ރާއްޖެ އައީ އޭނާގެ ރައްޓެހިންނާއެކިއެވެ. އަދި ތަންޔާ އާއެކު ޗުއްޓީ ހޭދަކުރުމަށް އިޝްކުމެ މަރުޖާވާގެ ބަތަލާ ހެލީޝާހް ވެސް ރާއްޖެ އައިސް އެބަ އުޅެ އެވެ.

އެ ދެތަރިންނަކީ ހިންދީ ޑްރާމާ ސީރީޒްތަކުން ބެލުންތެރިންގެ މަގުބޫލުކަން ވަރަށް ބޮޑަށް ހޯދައިފައިވާ ދެތަރިންނެވެ.

ތަންޔާ އާއި އޭނާގެ އެކުވެރިން

ތަންޔާ ވަނީ އޭނާ މޫދުގެ އެކި ކުޅިވަރުތަކުގައި ހަރަކާތްތެރިވާ މަންޒަރުތަކާއި ތަފާތު ކެޔުންތައް ކާތަނުގެ ފޮޓޯ އަދި ވީޑިއޯވެސް އިންސްޓަގްރާމް ސްޓޯރީތަކުގަ އާއި ޕޯސްޓް ތަކުގަ ހިއްސާކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
31121
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ