މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫގެ އެޕޯލޯ ފިހާރައިގެ ތިޖޯރީ ވަގަށް ނެގި މައްސަލައިގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ، 19 އަހަރާއި 26 އަހަރާއި އަދި 30 އަހަރުގެ ތިން ފިރިހެނުންނެވެ. ހިތަދޫ މެޖިސްޓުރޭޓް ކޯޓުންވަނީ މި ތިންމީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ދީފައެވެ.
މިމައްސަލައިގައި ތިޖޫރީން ގެއްލުނު ފައިސާގެ ތެރެއިން ފުލުހުންވަނީ 14000 ރުފިޔާ އާއި 1200 ޑޮލަރުވެސް ހޯދާފައެވެ.
ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



