ކުޅުދުއްފުށި އެއާޕޯޓަށް ރާޅުއަރާ މައްސަލަ ހައްލުކުރަން މިދަނީ މައްސަކަތް ކުރަމުން - ރީޖަނަލް އެއާޕޯޓްސް

ކުޅުދުއްފުށީ އެއާޕޯޓްގެ ހުޅަނގު ފަރާތު ހިލަތޮށި މަތިން ރާޅުއަރައި އެސަރަހައްދައް ގެއްލުންތަކެއް ވަމުން ދާތީ އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ރީޖަނަލް އެއާޕޯޓްއިން ބުނެފިއެވެ.

މިކަމާ ގުޅިގެން މީޑިއާށް މައުލޫމާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްގެ އޮފިޝަލަކު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ކުރި ކޮންޓްރެކްޓަރު އެމްޓީސީސީ އާއި ކުޅުދުއްފުށީ އެއާޕޯޓަށް މިހާރު ކުރިމަތިވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސްވަރާ ކުރައްވަމުންދާ ކަމަށެވެ.

އީއައިއޭ ރިޕޯޓް ބުނާގޮތުން އެސަރަހައްދު ހިމާޔައް ކުރުމަށް ޖަހަން ޖެހެނީ 2000-1500 ކިލޯ ހުންނަވަރުގެ ހިލައެވެ. ނަމަވެސް އެސަރަހައްދުގައި ޖަހާފައިވަނީ މިމިންގަނޑު ހަމަނުވާ ހިލަކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހުޅަނގު މޫސުމުގައި ކޮންމެފަހަރަކުވެސް މިސަރަހައްދައް ރާޅުއަރައި ގިނަ ގެއްލުންތަކެއް ލިބެމުންދެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް