މާލޭގެ ކާނިވާ ސަރަހައްދަށް އުދަ އަރައި އެސަރަހައްދުގައި ފެންބޮޑުވެއްޖެއެވެ.
ދާދި ދެންމެއަކު ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، ކާނިވާ ސަރަހައްދަށް އުދަ އަރާ ފެންބޮޑުވެފައިވާ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އެދޭ ކަމަށެވެ.
Malé carnival sarahahdha udha araa fenboduvejje’. Huriha beyfulhunves rakkaatherikamuge’ fiyavalhu alhuvva! pic.twitter.com/5aEtQHIj1A
— Maldives Police (@PoliceMv) June 12, 2019
މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްކޮޅެއްކަމުން ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި އުދަ އެރުމުގެ ހާދިސާތައް ހިނގައިފާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން މާދަމާ ހެނދުނު 10:00 އަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަކޮށް މީގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާކަމަށް އެ އިދާރާއިން ލަފާކުރެއެވެ.




