ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަަކު ސަސްޕެންޑް ކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކޮށްފިއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކޮށްފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ނުވަ މެންބަރުންގެ އިއްތިފާގުންނެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވީ، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރީ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް ހުށަހެޅުއްވި މަސައްލައާ ގުޅިގެން ކަމަށެވެ.

އިތުރަށް ހަސަން ޒަރީރު ވިދާޅުވީ، އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ނިންމީ ފުލުހުންގެ އިދާރާއިން ބަދަލަމުންދާ ޖިނާއީ މައްސަލައަކާއި ގުޅިގެން ކަމަށެވެ.

"ކޮމިޝަންގެ ގާނޫނުގައި އެބަ ބުނޭ 48 ގަޑިއިރުގެ ތެރޭގައި ކޮމިޝަނުން ވާނެއޭ ހުށަހަޅައިފިނަމަ ތަހުގީގީ އެއްވެސް އިދާާރާއަކުން މައްސަލައެއްދާކަމުގައިވަންޏާ އެކަމާއި ގުޅިގެން ގޮތެއް ނިންމަން".ހަސަން ޒަރީރު ވިދާޅުވިއެވެ.

ހަސަން ޒަރީރު ވިދާޅުވިގޮތުގައި، ގާޒީ ހަސަން ސައީދުގެ މައްސަލައަކީ ކޮމިޝަަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. އަދި އެ ގާޒީ ސަސްޕެންޑްކޮށްފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކޮމެޓީގައި ހިމެނޭ ފަރާތްތަކުން، ގާޒީ ސަސްޕެންޑްކޮށްގެން މައްސަލަ ކުރިއަށްގެންދިއުމަށް ފެންނާތީކަން ހަސަން ޒަރީރު ފާހަގަކުރިއެެވެ.

އަބްދުﷲ ދީދީގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުމެއް ކުރުމަށް ނަގާފައިވާ މިލިއަން ޑޮލަރެއްގެ މައްސަލައެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން އޭރު އެ މައްސަލަ ބެއްލެވި ފަނޑިޔާރަކީ ވެސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ