ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ.
ފައިސަލް ޕީއެންސީ އަށް ސޮއިކޮށްފައިވަނީ މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިދިޔަ އަހަރު އޮތް ސާފް ސުޒުކީ ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ކުރިއަށް އޮތް ސީޒަން ގައި ފެންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އިންނެވެ.
ފައިސަލް ޕީއެންސީ އަށް ސޮއިކުރިއިރު، މީގެކުރިން ވެސް ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ސިޔާސީ ޕާޓީތަކަށް ސޮއިކޮށްފައިވެއެވެ.




