އިންތިހާބަށްފަހު ރާއްޖެ އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށް: ނައިބު ރައީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު ރާއްޖެ އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށް ކަމަށް ނަައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއެކު މިއަދު ހަވީރު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ނައިބުރައީސް ފައިސަލް ވިދާޅުވީ ރައީސް ނަޝީއާއި ބައްދަލުވެ ޚިޔާލު ބަދަލު ކުރެއްވުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށެވެ.

"ލޯކަލް ކައުންސިލް ކެމްޕެއިން ޤައުމީ ވަންތައް އަދި ރައްކާތެރި ރޫހެއްގައި ގެންގޮސް، އިރާދަކުރެއްވިޔާ އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށް" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ނާއިބް ރައީސް އެމްޑީޕީއާއިއެކު ހުންނެވުމަކީ އެމަނިކުފާނު ދިވެހި ގައުމަށް ހެޔޮ އެދިވަޑައިގަންނަވާ ކަމުގެ ދަލީލެއް ކަމަށެވެ.

ނައިބް ރައީސް ފައިސަލް ނަސީމަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެެވެ. ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީންވެސް ކެނޑީޑޭޓުން ވާދަކުރައްވައެވެ. އެމަނިކުފާނު ވަނީ މީގެ ކުރިންވެސް އެމްޑީޕީގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

6 Responses

  1. ކަތީބު

    ނޯކޮންފިޑެންސް ވޯޓެއްނަގާފަ ބޭރުކޮއްލާނެތީ ބިރުން ނައިބު ރައީސް މިހާރު ޢެމްޑީޕީއާ އެއްކޮށް ސޫލާޝިރާޒު ބޯންވެސް ތައްޔާރައް ހުންނާނީ ވަރައް ސަލާމް.

  2. boagoas

    Thibunaa fathihakah alivlijjenama kavvalhah kanneyge dhen vannan jeheynee,
    Ladheh hayaatheh nethi mdn mi gaumugaa ulhey iru belunutha?

  3. މީހެއް

    Mas dhaanee en huri thanakah

  4. birubodu

    އެމްޑީޕީއަށް އިންތިޚާބް ލިބިއްޖެނަމަ ދެންއަލިވިލޭނީ ލާދީނީފަތިހަކަށް ނަމަނަމަ އެމްޑީޕީއަށް ވޯޓްނުދޭތި

  5. 4 މީ

    Inthihaabah fahu rajje alivelaanee biruver na amaan fathihakah

  6. Javaab

    Muruthaddhufathis

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ