ފާމަސިސްޓަކަށް ބިރުދައްކާ ސިރިންޖުތަކެއް ފޭރިގެންފި

ބިދޭސީ ފާމަސިސްޓަކަށް ތޫނު އެއްޗަކުން ބިރު ދައްކައި އޭނާ މަސަކަތް ކުރާ ފާމަސީން ސިރިންޖު ތަކެއް ފޭރިގެންފިއެވެ.

ފުލުހުން ވިދާޅުވީ، އދ. މަހިބަދޫގެ ފާމަސީއެއްގައި މަސައްކަތް ކުރަމުން އައި ބިދޭސީ ފާމަސިސްޓަކަށް ރޭ ބިރު ދައްކާފައިވާ ކަމަށާއި ރޭގެ އެ ހާދިސާގައި ބިދޭސީ އެ މީހާއަށް ތޫނު އެއްޗަކުން ބިރު ދެއްކުމަށްފަހު އެ ފާމަސީން ތިން ސިރިންޖު ފޭރިގެންފައިވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ އެރަށުގެ މަގުމަތީން ހުއްޓުވައި، މަސްތުގެ ހާލަތުގައި ހުރި މީހަކު ހައްޔަރު ކޮށްފަ އެވެ.

ފާމަސީއަކުން ސިރިންޖުތަކެއް ފޭރިގަތް މައްސަލަ ފެންމަތިވިއިރު، މީގެ ކުރިންވެސް މިފަދަ މައްސަލަތައް ފެންމަތިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ