ޓެންޒޭނިއާގެ ރައީސް އަވަހާރަވެއްޖެ!

ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ އަވާހަރަވެއްޖެއެވެ.

ޖޯން މުގުފުލީ އަވަހާރަވިކަން އިއުލާންކުރީ މިއަދު، ގައުމުގެ ނައިބު ރައީސް ސާމިއާ ސޭމިއާ ސުލުހޫ ހަސަން އެވެ.

ގައުމީ ޓީވީ ގައި، ރައީސް އަވަހާރަވިކަން އިއުލާންކުރަމުން، ނައިބު ރައީސް ސާމިއާ ވިދާޅުވީ، ރައީސް އަވަހާރަވީ  ދާރުއްސަލާމުގެ ހޮސްޕިޓަލެއްގައި ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށްކަމަށެވެ.

ޖޯން މުގުފުލީ އަވަހާރަވިއިރު، އެމަނިކުފާނުގެ އުމުރުފުޅަކީ 61 އަހަރެވެ. އެމަނިކުފާނު އަވަހާރެވެފައި މިވަނީ، އާއްމުންގެ ތެރެއިން ނުފެނި، އެމަނިކުފާނުގެ ސިއްހީ ހާލާތާއި ގުޅޭގޮތުން އެތައް އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. އަދި މިދިޔަ ހަފްތާގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން އެމަނިކުފާނު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ކަމަށްވެސް އަޑުފަތުރާފައިވެއެވެ.

ނައިބު ރައީސް ސާމިއާ ވިދާޅުވީ، ރައީސް އަވަހާރަވުމުގެ ހިތާމައިގައި 14 ދުވަހަށް ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ