ސައުދީގެ ގާނޫނުތަކާ އެއްގޮތައް ނައިޓު ކުލަބެއް ހުޅުވަނީ

މުސްލިމުންގެ އެންމެ މުގައްދަސް އެއް ބިނާ ކަމުގައިވާ ކައުބަތުﷲ ގެފުޅު އެބިމެއްގައި ހުންނަ ސައުދީ އަރަބިއްޔާގައި އެގައުމުގެ ގާނޫނުތަކާއި އެއްގޮތަށް ނައިޓު ކުލަބެއް ހުޅުވަން ތައްޔާރު ވެއްޖެއެވެ.

މި ނައިޓު ކުލަބަކީ މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ނައިޓު ކުލަބުތައް ހުޅުވައި ހިދުމަތްދެމުންދާ ވައިޓް ބުރޭންޑުން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުޅުވުމަށް ހަމަޖެހިފައިވާ ނައިޓު ކުލަބެކެވެ. މައުލޫމާތު ލިބޭގޮތުގައި މިރޭ މި ނައިޓު ކުލަބު ރަސްމީކޮށް ހުޅުވާނެއެވެ.

ކެފޭއަކާ ލައުންޖެއް ހިމެނޭ ގޮތަށް މި ނައިޓްކުލަބު ހުޅުވަނީ ވޯޓާ ފްރަންޓާ ވެސް އެކުގައި ކަމަށާ، މިތަނަކީ ހުރިހާ ރަހައެއްގެ މިއުޒިކު އިވިގެންދާނެ ތަނެއް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން އަންހެނުންނާ ފިރިހެނުންނަށްވެސް ބޭނުން ކުރެވޭނެ ޑާންސް ފްލޯއެއް މި ނައިޓްކުލަބުގައި އޮންނާނެ ކަމަށާ، ދެޖިންސު މަސްހުނިވާ ގޮތަށް ބާއްވާ އިވެންޓުތަކަށް ސައުދީ ސަރުކާރުގެ ހުއްދަވެސް ނަގަން ނުޖެހޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިކްލަބު ހުޅުވާފައި ހުންނާނީ ރޭގަނޑު 22:00އިން 3:00 އަށެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިން އެތަނަށް ވަނުމާއި ބަނގުރާ ވިއްކުން މަނާވާނެ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް