ޕެންޝަން ފަންޑުން ހައްޖަށް ދާން ފައިސާ ނެގޭ މިންވަރު ބޮޑުކުރަނީ

ޕެންޝަން ފަންޑުން ޙައްޖަށް ގެންދިޔުމަށް ކަނޑައަޅާ އަގުގެ 80 އިންސައްތަ ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ޙައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސާ އެ ފަންޑުން ކުރިން ނެގޭނެކަމަށް ކަނޑައެޅި އަދަދު 80 އިން ސައްތައަށް ބޮޑުކުރަން ނިންމާފައިވާ ކަމަށާއި އަދި އޭގެ އިތުރުން ހޫދު ވިދާޅުވީ ޕެންޝަނާބެހޭ ޤާނޫނަށް އެ އިސްލާހު ހުށައަޅުއްވާފައިވާނެކަމަށެވެ.

ޙައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރާނީ އެކައުންޓްގައި ތިންލައްކަ ތިރީސް ހަ ހާސް ރުފިޔާ ހުންނަ ފަރާތްތަކަށް ޕެންޝަން ފަންޑުން ހައްޖަށް ފައިސާ ދޫކުރުމަށް އެކުލަވާލި އުސޫލުގައި ބުނެފައިވެއެވެ. ޕެންޝަން އޮފީހުން ބުނެފައިވަނީ ޕެންޝަން ސްކީމުން ކަނޑައަޅާފައިވާ މިންވަރަށް ފައިސާ އެ ފަންޑުގައި ހުރީ 6000 މީހުންކަމަށެވެ.

ހޫދު ވިދާޅުވެފައިވަނީ ޙައްޖަށް ފައިސާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުގައިވާ ގޮތުން ޕެންޝަން ފަންޑުން ފައިސާ ދޫކުރަން ހަމަޖެހިފައިވަނީ ފަރުޟު ޙައްޖުވުމަށާއި، ފައިސާ ދޫކުރާނީ އެ އަހަރަކު ޙައްޖަށް ގެންދިއުމަށް ކަނޑައަޅާ އަގުގެ ދެބައިކޮށްފަ އެއްބައިކަމަށެވެ.

އުސޫލުގައިވާ ގޮތުން ޙައްޖަށް ދާން އެއަހަރަކު އެދޭ ހުރިހާ އެންމެނަށް ފައިސާ ދޫކުރަންޖެހޭނެކަމަށާއި ފައިސާ ދޫކުރާނީ ޙައްޖަށް ގެންދާކަމުގެ ލިޔުމެއް ލިބިފައިވާ ފަރާތްތަކަށެވެ.

ސަބަބެއް މެދުވެރިވެ ޙައްޖަށް ދިއުމަށް ފައިސާ ނެގި އެއްވެސް ފަރާތަކަށް އެ އަހަރަކު ހައްޖަށް ނުދެވިއްޖެ ނަމަ އެ އަހަރެއްގެ ހައްޖު ދުވަހުގެ ފަހުން 30 ދުވަހުގެ ތެރޭގައި ހައްޖަށް ދާން ލިބުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދު ކުރަން ވާނެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް