މިސްރުގައި 2 ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 32 މީހުން މަރުވެއްޖެ

މިސްރުގައި 2 ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 32 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް އެގައުމުގެ ރެއިލްވޭ އޮތޯރިޓީއިން ހާމަކޮށްފިއެވެ.

މިސްރުގެ ރެއިލްވޭ އޮތޯރިޓީއިން މައުލޫމާތު ދޭގޮތުގައި 2 ރޭލު ޖެހި ހިނގި މި އެކްސިޑެންޓުގައި 2 ރެއިލްވެސްވަނީ ރެއިލްވޭ ދަގަނޑުން ކަހާލައި ރެއިލްގެ ބަޔެއްވަނީ ފުރޮޅާލައިފައެވެ.

މިހާދިސާ ހިނގަން މެދުވެރިވީ ކުރިން ދުއްވާފައި ދިޔަ ރެއިލްގެ އެމަރޖެންސީ ބުރެކި ޖެއްސުމާއި ގުޅިގެން ފަހަތުން އައި ރެއިލްއެއް ކުރީގައި އޮތް ރެއިލްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ. ކަމާބެހޭ ފަރާތްތަކުން މި އެކްސިޑެންޓް ހިނގަން މެދުވެރިވިގޮތް އައްނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވިދާޅުވީ އެކްސިޑެންޓު ހިނގުމަށް މެދުވެރިވި ހާދިސާގައި އެއްވެސް މީހެއްގެ އަތެއްވާނަމަ އެމީހަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ.

މިސްރުގެ ރެއިލް ދަތުރުފަތުރަކީ އެކްސިޑެންޓުތައް ދޭތެރެ ދޭތެރެއިން ހިނގާ އެންމެ ރައްކާތެރި ނޫން ދަތުރުފަތުރުގެ ނިޒާމެކެވެ. މިގޮތުން2002 ވަނަ އަހަރު ހިނގި މިފަދަ ހިތާމަވެރި ހާދިސާއެއްގައި 373 މީހުން މަރުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ