ނިޔަފަތި ނުކަނޑައި 40 ދުވަހަށްވުރެ ގިނައިން ބެހެއްޓުން އިސްލާމްދީން މަނާކުރޭ!

40 ދުވަހަށްވުރެ ގިނަދުވަހަށް، ނިޔަފަތި ނުކަނޑާ ބެހެއްޓުން އިސްލާމްދީން މަނާކުރެއެވެ. މިކަމުގައި ފިރިހެނެކޭ އަންހެނެކޭ ވަކި ތަފާތެއްނެތެވެ. ފެޝަނެއްގެ ގޮތުގައި ވިޔަސް، އަދި އެނޫން ބޭނުމަކުވެސް އެ މުއްދަތަށްވުރެ ދިގުވަންދެން ނިޔަފަތި ދިގުކޮށްފައި ބެހެއްޓުމީ ނުތާހިރު މުޑުދާރު ކަމެކެވެ.

މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާ ހަދީޘްކުރެއްވިއެވެ.

”الْفِطْرَةُ خَمْسٌ الِاخْتِتَانُ وَالِاسْتِحْدَادُ وَقَصُّ الشَّارِبِ وَتَقْلِيمُ الْأَظْفَارِ وَنَتْفُ الْإِبِطِ”

މާނައަކީ؛ "ފިތުރަތުގެ ތެރެއިންވާ ފަސް ކަމެއްވެއެވެ. ހިތާނުކުރުމާއި، އައުރައިގެ ވަށައިގެންވާ އިސްތަށި ބޭލުމާއި، މަތިމަސް ކޮށުމާއި، ނިޔަފަތި ކެނޑުމާއި، ކިހިލިފަތުގެ އިސްތަށީ ވަކިކުރުމެވެ." (މުސްލިމް)

އަދި ނިޔަފަތި ނުކަނޑައި ސާޅީސް ދުވަހަށްވުރެ އިތުރު ކުރުމަކީ ހުއްދަކަމެއް ނޫނެވެ.

އެހެނީ މާތް ރުއްސުންލެއްވި އަނަސްގެފާނު ވިދާޅުވިއެވެ.

”وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الْأَظْفَارِ وَنَتْفِ الْإِبِطِ وَحَلْقِ الْعَانَةِ أَنْ لَا نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً”

މަތިމަސް ކުރުކުރުމާއި ނިޔަފަތި ކެނޑުމާއި ކިހިލިފަތިން އިސްތަށީ ވަކިކުރުމާއި އާނަތު (ލަނޑުވެތި ގުނަވަން) ބޭލުމާއި، (މިކަން ނުކޮށް) ސާޅީސް ރެއަށްވުރެ އިތުރު ނުކުރުމަށް އަހަރެމެންނަށް އެންގެވިގެންވެ އެވެ.” (އެބަހީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ އަންގަވާފައިވެއެވެ.) (މުސްލިމް)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ