ޖުޑީޝަލް ކައުންސިލް ގެ ކުއްލި ބައްދަލުވުމެއް ފަށައިގެން ކުރިއަށް އެބަ ދެއެވެ.
އެކައުންސިލުން ބުނީ، އެބައްދަލުވުމަކީ ގާނޫނުއަސާސީއާ ގާނޫނުން ޖޭއެސްސީއަސް ލިބިދީފައިވާ އިހްތިސާސްގެ ބޭރުން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ އިހްތިސާސް އަށް ހުރަސްއެޅުމަށް އެ ކޮމިޝަނުން ކުރައްވަމުން ގެންދަވާ އަމަލުތަކާ ގުޅިގެން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
ކުއްލި ބައްދަލުވުން ކުރިއަށް ގެންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޑް ކުރުމަށް ޖޭއެސްސީ އިން ނިންމާފައިވާ ނިންމުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރު ކުރުމާއި ގުޅިގެނެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުވާން ވެސް މިރޭ ވަނީ އަންގާފައެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 09:00 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވިއެވެ.



