މާލެ ޖަލުގެ އާއިލީ ބައްދަލުވުން ބާއްވާ ތަނަށް ބަދަލުތަކެއް ގެނެސްފި

މާލެ ޖަލުގައި ބަންދުކުރެވިފައިވާ މީހުންނާއި ބައްދަލުކުރުމަށް އެމީހުންގެ ޢާއިލާތަކުން އަންނައިރު ބައިވެރިކުރާ ތުއްތު ކުދިންނަށްވެސް އެކަށީގެންވާ މާހައުލެއް ޤާއިމުކުރެވިފައިވާ ތަނެއްގެ ގޮތުގައި ހެދުމަށް ބައްދަލުކުރާތަން އަލުން ފަރުމާކޮށް އެތަން ބޭނުންކުރަން ފަށައިފިއެވެ.

މި މަސައްކަތަކީ މާލޭ ޖަލުގެ ޑައިރެކްޓަރ، ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޢާސިފް އިސްވެ ހުންނަވައިގެން ބައެއް ޤައިދީންނާއި ޕްރިޒަން އޮފިސަރުން ބައިވެރިވެގެން ކުރެވުނު މަސައްކަތެކެވެ.

ބައްދަލުކުރާ ތަން މިހާރު ފަރުމާކުރެވިފައިވަނީ ބައްދަލުވުން ހިނގަމުންދާ ވަގުތު ބެލެނިވެރިއާއަށް ފެންނަ ހިސާބުގައި ތުއްތު ކުދިން ކުޅިވަރު ކުޅެން ދޫކޮއްލާފައި ބެހެއްޓިދާނެ ތަންކޮޅަކާއެކީގައެވެ.

މާލެ ޖަލު މިގޮތަށް ފަރުމާކޮށް ބޭނުންކުރަން ފެށުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒްވަނީ މާލޭ ޖަލަށް ޒިޔާރަތްކުރައްވާފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، ޖަލުގައި ތިބޭ މީހުންގެ އާއިލާތަކާއި ޖަލުގައި ހުންނަ މީހާއާއި ބައްދަލުވުމުގެ ފުރުޞަތު ވީހާވެސް ގިނައިން ތަނަވަސްކޮއްދޭން މަސައްކަތް ކުރަންވާނެކަމަށާއި ޢާއިލާއާއި އޮންނަންޖެހޭ ގުޅުން ހީނަރުވެގެން ދިޔަ ނުދިނުމަކީ ކުށުގެ ވެށިން މީހުން ދުރުކޮށް ސަލާމަތްކުރުމަށް ކުރެވިދާނެ ގިނަ މަސައްކަތްތަކުގެ ތެރޭން މުހިއްމު އެއްމަސައްކަތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް