ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު (ރީކޯ މޫސަ) ނިންމަވައިފިއެވެ.
މޫސާ މަނިކު ވަނީ މިކަން މީޑިއާއަށް ކަށަވަރު ކޮށްދެއްވައި ޓްވީޓެއް ކުރައްވާފައެވެ.
ޓްވިޓަރ މެދުވެރިކޮށް މަޖިލީހަށް ވާދަ ނުކުރައްވާނެކަން ހާމަކުރެއްވި ނަމަވެސް އެ ނިންމުން ނިންމެވި ސަބަބެއް މޫސަ ވިދާޅުވެފައެއް ނުވެއެވެ.
2019 ge Majlis inthikhaabuga vaadha Nukuran alhugandu nimaifin pic.twitter.com/brzOizwusd
— Reekomoosa (@ReekoMoosa) February 8, 2019
މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރައްވަން މޫސަ ނިންމެވިއިރު، މޫސަ ކުރިން ނިންމަވާފައިވަނީ އަމިއްލަ ގޮތުން ލ.ގަމު ދާއިރާއަށް މި އިންތިޚާބުގައި ވާދަކުރެއްވުމަށެވެ.
L.gamudhaairaa ah alhugandu kurimathi laakan iulaanu kurumun vs veythvi aharuthakugaa alhugandu inthihaabakah nukuthumun kiyaa lhemaa, farihi adhuiven fshafi ,
— Reekomoosa (@ReekoMoosa) December 28, 2018
ރިޔާސީ އިންތިޚާބުގެ އިންތިޚާބުގައި ރައީސް ޔާމީނާއެކު ހުންނެވި މޫސާ މަނިކު، ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއާއެކު ރައީސް ޔާމީނާ ފެޔަށް ޖެހިވަޑައިގެންނެވިކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.



