"އިންޑިއާ މެޑިކަލް އެކްސްޕޯ 2019" ދަރުބާރުގޭގައި އިއްޔެ ފަށައިފިއެވެ.
މި އެކްސްޕޯ ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަަމީންއެވެ.
މާދަމާގެ ރޭގަނޑު 10 އަކަށް ކުރިއަށްދާ މި އެކްސްޕޯގެ މަގުސަދަކީ ސިއްހީ ދާއިރާއިން އިންޑިއާގައި ލިބެންހުރި ހިދުމަތްތައް ރާއްޖެއަށް ތައާރަފުކޮށް ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ތަންތަނާ ގުޅިގެން ރާއްޖޭގައި އެ ހިދުމަތްތައް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމަށް މަގުފަހި ކުރުމަށް ބާއްވާ އެކްސްޕޯ އެއްކަމަށް މިކަން އިންތިޒާމްކުރާ ފަރާތްތަކުން މައުލޫމާތު ދެއެވެ.
އެކްސްޕޯ ހުޅުވިފައި ހުންނާނީ މިއަދު އަދި ހޮނިހިރު ދުވަހު ދޭކުން ރޭގަނޑު 10 އަށެވެ.
20 ސުޕަޝަލިސްޓް ޑޮކްޓަރުންނާއެކު ކުރިއަށްދާ މި އެކަސްޕޯގައި ޒިޔާރަތްކުރާ ފަރާތްތަކަށް މި ޑޮކްޓަރުންނާއި ވާހަކަ ދައްކާލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާ ލައިފައެވެ.




