ސަލާން ޖަހައިގެން މީހަކު 3 ގެ އިމާރާތްކޮށްފި

ސްރީލަންކާގެ ގަމްޕަހާ ޑިސްޓުރިކްޓުގެ ލޯފާން މީހަކު ސަލާން ޖަހައިގެން ލިބުނު ފައިސާއިން 3 ގެ ބިނާކޮށްފިއެވެ.

ހަމައެކަނި ސަލާން ޖެހުމުން މި 3 ގެ އިމާރާތްކުރަން މިމީހާ އަށް 25 އަހަރުގެ މުއްދަތެއް ނެގެއެވެ. ނަމަވެސް މި މަސައްކަތުގައި އުޅެނިކޮށް ފުލުހުންވަނީ މިމީހާ ހައްޔަރު ކޮށްފައެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު މިމީހާ ހައްޔަރު ކޮށްފައިވަނީ ރެއިލްސްޓޭޝަނެއްގެ ކައިރިން ސަލާން ޖެހުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. ހައްޔަރު ކުރިއިރު މިމީހާގެ އަތުން 4000 ރުޕީސް ފެނިފައި ވެއެވެ.

އުމުރުން 65 އަހަރުގެ މި މީހާގެ ނަން ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް ފުލުހުން ބުނެފައިވަނީ، މިމީހާގެ އަންހެން ދެކުދިން ތިބޭ ކަމަށާއި ސަލާން ޖަހައިގެން ބިނާކުރި 3 ގެއިގެ ތެރެއިން ދެގެ ދީފައިވަނީ ދެ އަންހެން ދަރިންނަށް ކަމަށެވެ. އަދި 3 ވަނަ ގެ ކުއްޔަށް ދިނުމަށް ނިންމައިފައި ވާކަމަށެވެ.

މައުލޫމާތު ލިބޭ މިމީހާގެ އަންހެން ދަރިން ދިރިއުޅެމުންދަނީ ފުދުންތެރި ދިރިއުޅުމެކެވެ. އަދި މިކުދިންގެ އަމިއްލަ ކާރުތައްވެސް އޮވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް