ގައުމީ އުފެއްދުންތެރިކަމުގެ ދުވެލި 6.5 ޕަސެންޓުގައި ހިފެހެއްޓޭނެ - އަމީރު

ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ދުވެލި 6.5 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރަގުރާމްގައި ވާހަކަ ދައްކަވަމުންނެވެ. އަމީރު ވިދާޅުވީ، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ދުވެލި 6.5 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އަމީރު މިހެން ވިދާޅުވިއިރު ވޯލްޑް ބޭންކުން ދާދިފަހުން ބުނެފައިވަނީ އެ ބޭންކުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިއަހަރު ހުންނާނީ 5.7 އިންސައްތައިގައި ކަމަށެވެ. އަދި އަންނަ އަހަރު އިގްތިސާދީ ދުވެލި 5.2 އިންސައްތައަށް އިތުރަށް ވެއްޓޭނެ ކަމަށް އަންދާޒާކޮށްފައިވާ އިރު 2021 ވަނަ އަހަރު އިގްތިސާދީ ދުވެލި 5.3 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވޯލްޑް ބޭންކުން މިގޮތަށް ލަފާކޮށްފައިވަނީ ކުރިއަށް އޮތް ތިން އަހަރުގައި ރާއްޖޭގައި އިންވެސްޓްމެންޓްތައް ކުރިއަށްދާނެ މިންވަރަށް ބެލުމަށްފަހު އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް