ދުނިޔޭގެ އެންމެ ގިނަ ބިލިޔަނަރުން ތިބި ސިޓީއަކީ ބެއިޖިންގް

ދުނިޔޭގައި މިވަގުތު އެންމެ ގިނަ ބިލިޔަނަރުން ތިބި ސިޓީގެ ލަގަބު ޖައިނާގެ މައި ސިޓީކަމަށްވާ ބެއިޖިންގް އަށް ލިބިއްޖެއެވެ.

ފޯރބްސް މަޖައްލާއިން ނެރުނު އަހަރުގެ މުއްސަނދިންގެ ލިސްޓުގައި ވާގޮތުން ފާއިތުވެދިޔަ އަހަރު އެކަނިވެސް އެ ސިޓީގެ 33 މީހަކުވަނީ ބިލިޔަނަރުންނަށްވެފައެވެ. އަދި މިވަގުތު މުޅި ޖުމްލަ އެ ސިޓީގައި 100 ބިލިއަނަރުން އެބަތިއްބެވެ.

ބައިޖިންގް އަށް މި މަގާމު ލިބިގެންދަނީ އެމެެރިކާގެ ނިއުޔޯކުސިޓީ އާއި ވާދަކޮށް ވަރަށް ކުޑަ ފަރަގަކުންނެވެ. ފާއިތުވެދިޔަ ހަތްއަހަރު ދުނިޔޭގެ އެންމެ ގިނަ ބިލިއަނަރުން ތިބި ނިއުޔޯކުސިޓީގައި މިވަގުތު މުޅި ޖުމްލަ ތިބި ބިލިއަނަރުންގެ އަދަދަކީ 99 ކަމަށް ފޯރބްސް މަޖައްލާއިން ބުނެއެވެ.

އަދަދުގެ ގޮތުން އެންމެ ގިނަ ބިލިއަނަރުން ތިބި ސިޓީގެ މަގާމު ބެއިޖިންއަށް ލިބިފައި ވީނަމަވެސް ބިލިއަނަރުންގެ އަތުގައިވާ ފައިސާގެ އަދަދަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ފައިސާހުރި ސިޓީގެ ލަގަބު ލިބެނީ ނިއުޔޯކުސިޓީއަށެވެ. ނިއުޔޯކުސިޓީ ބިލިއަނަރުންގެ އަތުގައިވާ ފައިސާގެ ޖުމްލަ އަދަދު 80 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. ބެއިޖިންގައި މިވަގުތު ހުރި އެންމެ މުއްސަނދިމީހާގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދަކީ 35.6 ބިލިއަން ޑޮލަރެވެ. ނިއުޔޯކުސިޓީގެ އެންމެ މުއްސަނދި މީހާގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދަކީ 59 ބިލިއަން އެމެރިކާ ޑޮލަރެވެ.

ފާއިތުވެދިޔަ 2020 ވަނަ އަހަރު ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އެންމެ ބޮޑަށް ކުރިއަރައި ފައިދާވި ވިޔަފާރިތަކަކީ އޮންލައިގް ވިޔަފާރިތަކެވެ. މި ވިޔަފާރިތައް ކުރާ ކުންފުނިތަކުގެ ވެރިން ފާއިތުވެދިޔަ އަހަރުވަނީ އެތައް ބިލިއަން ޑޮލަރެއްގެ ފައިދާ ހޯދައިފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ