ޕްރިންސް ފިލިޕް އަވަހާރަވެއްޖެ

އިނގިރޭސިވިލާތުގެ ރާނީ އެލިޒެބަތް ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެއެވެ.

ޕްރިންސް ފިލިޕް އަވަހާރަވިއިރު ހިދުމަތުގައި ހުންނަވާތާ 60 އަހަރަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. އަވަހާރަވިއިރު އުމުރުފުޅާކީ 99 އަހަރެވެ.

ފިލިޕްގެ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އެމަނިކުފާނުވަނީ މިދިޔަ ފެބްރުއަރީ 16 ވަނަ ދުވަހު ކިންގް އެޑްވާޑް ދަ ސެވެންތް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައެވެ. އަދި ހިތުގެ ބައްޔާއި ގުޅޭ ޓެސްޓުތަކެއް ހެދުމަށް، ކާޑިއެކް ކެއާ އަށް ހާއްސަ ހޮސްޕިޓަލެއްކަމަށްވާ ސެއިންޓް ބާތޮލޮމިއު ހޮސްޕިޓަލަށް ފިލިޕް ފަހުން ބަދަލުކޮށްފައިވާއިރު، އެމަނިކުފާނު އަވަހާރަވީ މިއަދު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ޕްރިންސް ފިލިޕް، ރާނީ އެލިޒެބަތާއި ކައިވެނި ބައްލަވައިގެންފައިވަނީ އެކަމަނާ ރާނީއަށްވުމުގެ 5 އަހަރު ކުރިން 1947 ވަނަ އަހަރުއެވެ. އަދި އެމަނިކުފާނަކީ ޝާހީ އާއިލާގައި އެންމެ ގިނަ ދުވަސް ވަންދެން އުޅުއްވި ފަރާތްވެސް މެއެވެ. އަވަހާރަވިއިރު ޕްރިންސް ފިލިޕްއާއި ރާނީގެ އެލިޒަބަތުގެ 4 ދަރިކަލުން ތިއްބަވައެވެ. އަދި 8 ކާފަދަރިކަލުންނާއި، 10 މުނިކާފަ ދަރިކަލުން ތިއްބަވައެވެ.

ރާނީގެ ފިރިކަލުން އަވަހާރަވުމާއި ގުޅިގެން ގައުމުތަކުގެ އިސްވެރިން ގެންދަވަނީ ހިތާމަފާޅު ކުރައްވަމުންނެވެ. އަދި އެތަށް ބަޔަކު ދަނީ ރާނީ އާއި ޝާހީ އާއިލާއަށް ތައުޒިޔާ ފޮނުއްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ