ރައީސް އަދަބު ލުއިކޮށް ނުދެއްވަނީސް މީހުންތަކެއް ޖަލުން މިނިވަންވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދަބު ލުއިކޮށް ނުދެއްވަނީސް ނުވަ ވަރަކަށް މީހުން އަނެއްކާވެސް ޖަލުން މިނިވަން ވެއްޖެކަމަށް މީޑިއާގައި ހަބަރު ފެތުރިއްޖެއެވެ.

މީޑިއާތަކަށް ތިލަވެފައިވާ މުއުލޫމާތުން އިނގުނުގޮތުގައި، ރައީސް އަދަބު ލުއިކޮށް ނުދެއްވަނީސް މިނިވަން ވި މި ނުވަ މީހުން ވެސް ހުކުމުގެ މުއްދަތު ހަމަ ނުވަނީސް މިހާރު ވަނީ ޖަލުން ދޫކޮށްލައިފަ އެވެ.

ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސިސް އިން މި ވާހަކަ ވަނީ ދޮގުކޮށްފައެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރީން ވެސް ވަނީ ރައީސް އަދަބު ލުއިކޮށް ނުދެއްވަނީ ގައިދީއަކު މިނިވަންވި މައްސަލައެއް ފެންމަތިވެފައިވާއިރު، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހޯމް މިނިސްޓްރީން މި މައްސަލައާއި ބެހޭގޮތުން ވިދާޅުވީ، އެމައްސަލަ އިތުރަށް ބަލާ ދިރާސާކޮށް އަޅަންޖެހޭ އިދާރީ ފިޔަވަޅު އެޅުމަށް ކަރެކްޝަންސް އަށް އަންގާފައިވާ ކަމަށާއި އެކަމުގެ ތަހުގީގެއް ހިންގުމަށް ފުލުހުންނަށްވެސް އަންގާފައިވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ