ސޯމާލިއާގެ ގަވަރުނަރަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 3 މީހުން މަރުވެއްޖެ

ސޯމާލިއާގެ ގަވަރުނަރަކަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ތިން މީހުން މަރުވެއްޖެއެވެ.

މި ހަމަލާއިން ގަވަރުނަރު ސަލާމަތްވީނަމަވެސް އޭނާގެ ދެ ހަށިފާރަވެރިން މަރުވެފައިވާކަމަށް އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާއިން މައުލޫމާތު ދެއެވެ.

މި ހަމަލާގައި ތިންމީހުން މަރުވުމުގެ އިތުރުން ފަސްމީހަކު ޒަހަމްވެފައިވާއިރު ހަމަލާދީފައިވަނީ ސޯމާލިއާގެ ބޭ ރީޖަންގެ ހޮޓަލެއްގެ ބޭރުގައެވެ. އަދި ހަމަލާ އަމާޒުކޮށްފައިވަނީ އެ ރީޖަންގެ ގަވަރުނަރަށެވެ.

މި ހަމަލާގެ ޒިންމާ އަލްގައިދާއަށް އަލްޝަބާބު ހަނގުރާމަވެރި ޖަމާއަތުންވަނީ ނަގާފައެވެ. އަލްޝަބާބު ހަނގުރާމަވެރި ޖަމާއަތަކީ އަލްގައިދާއަށް ބައިއަތު ހިފައިގެން ސޯމާލިއާގައި ހަނގުރާމަކުރަމުންދާ ދީނީގޮތުން ހައްދުފަހަނައަޅައިފައިވާ ޖަމާއަތެކެވެ.

2017 ވަނަ އަހަރުން ފެށިގެން އަލްޝަބާބު ހަނގުރާމަވެރި ޖަމާއަތުން އައްނަނީ ސޯމާލިއާ ސަރުކާރު ވައްޓާލުމަށް ހަނގުރާމަ ކުރަމުންނެވެ. މިގޮތުން ސަރުކާރުގެ އޮފިޝަލުންނަށް އަމާޒުކޮށް މީގެކުރިންވެސް ހަމަލާތައްދީފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ