ހޮބީ އެއްގެ ގޮތުގައި އެކިކަހަލަ އެއްޗެހި އެއްކޮށް ގެންގުޅުމަކީ މިއަދު ވަރަށް ގިނަ މީހުން ކުރާ ހިތުން ކޮށް އުޅޭ ކަމެކެވެ. ހިތް ހަމަ ޖައްސައިލުމަށެވެ. ލިބޭ އަމިއްލަ އުފަލައްޓަކައެވެ. އެގޮތުން މީހުން ކަލެކްޝަން ގެ ގޮތުގައި އެއްކޮއް އުޅޭ އެއްޗިއްސަށް ނަޒަރު ހިންގާލަމާ ހިނގާށެވެ
ފައިވާން/ބޫޓް: ހަރުތަކުގައި އަތުރާލައިފައިވާ ބޫޓާއި ފައިވާނަކީ ކޮންމެހެން އަރަން ހޯދާފައި ހުންނަ ފައިވާން ތަކެއް ނޫނެވެ. ރީތި ބޫޓެއް ނުވަތަ ފައިވާނެއް ފެންނައިރަށް ގަނެގެން ގެނެސް ހަރުގައި އަތުރާލައި ކަލެކްޝަން އެއް ހަދާލުމަކީ ލިބޭ ހިތްހަމަ ޖެހުމެކެވެ. ކިތަންމެ ފައިވާނެއް ހުއްޓަސް އަބަދުވެސް އަރާ ދެފައިވާ ނަކަށް އެރުން އެއީ އާދައެވެ. އުފަލަކަށް ވަނީ ގޭގައި ކަލެކްޝަން އެއް ހުރުމެވެ.
ހެދުން: ހެދުން އަލަމާރި ދޮރު ހުޅުވާލާއިރު ކޮނޑުތަކުގައި އަޅުވާލައިފައިވާ ހެދުން ތަށް ގުނާ އަދަދުނުކުރެވެއެވެ. އެންމެ ކުރީގެ ހެދުން ތަކުންފެށިގެން އެންމެ ޒަމާނީ ފެޝަން ހެދުންތަކެވެ. މިއީ ގިނަ އަންހެން ކުދިންގެ ހާލަތެވެ. ކިތަންމެ ކުޑަ މުސާރައެއް ލިބުނަސް ހެދުމެއް ގަނެ ނުލައި ހަމަ ހިތް ހަމަ ނުޖެހެނީއެވެ. ހެދުން ކަލެކްޝަން އަށް އިތުރު ފުރިހަމަ ކަމެއް ގެނައުމަށްޓަކައެވެ.
މޭކަޕް: ކޮންމެ ކުލައަކުން ތިން ހަތަރު ލިޕްސްޓިކް ނެތިއްޔާ ލޮލަށް ނިދިވެސް ނާންނާނެއެވެ. އާ ބްރޭންޑެއްގެ ލިޕްސްޓިކެއް ނުކުމޭތޯ ލޯއަޅަމުން ދާ މީހުން މަދެއް ނުވާނެއެވެ. ލޮލަށް އިތުރު ޗާލުކަމެއް ގެނައުމައްޓަކައި ބޭނުންކުރާ މަސްކަރާއާއި އައިލައިނާރ ގެވެސް ހައެއްކަ ބްރޭޑް ނެތްނަމަ ހިތްހަމައެއް ނުޖެހޭނެވެ. މުޅި ޑްރެސިންޓޭބަލް ފުރާލާފައި އޮއްނާނީ ފައުންޑޭޝާން ތަކާއި އެކި ވައްތަރުގެ މޭކަޕް ސާމާނުންނެވެ. މިއީ މޭކަޕް ކަލެކްޓް ކުރާ މީހުންގެ ހާލަތެވެ.
ފޮތް: އެއްފޮތް ކިޔައިފިއްޔާ އަނެއް ފޮތް ނުކިޔާ ނުވެސް ހުރެވެނީ އެވެ. އަބަދުވެސް އާފޮތެއް ލިބޭނެއިރަކަށް އިންތިޒާތު ވެސް ކުރެވެނީއެވެ. ފޮތް ހަރުގައި އަތުރާލާފައި ހުރި ފޮތްތަށް ކިތަންމެ ގިނިއިން ކިޔަސް ފޫހިނުވެއެވެ. އެކިކަހަލަ ފޮތްތަކެވެ. ބިރުވެރި ވާހަކައާއި ހެއްވާ މަޖާ އަދި ލޯބީގެ ވާހަކަތަކެވެ. މައުލޫމާތު ލިބޭ ފޮތްތަކާއި ވާހަކަތައް ކިއުމަކީ މީހާގެ ސިކުނޑި ތާޒާވެ މައުލޫމާތު މުއްސަނދި ވާކަމެކެވެ. މިއީ ކުރާހިތުން ވަރަށް ގިނަ މީހުން ކޮއްއުޅޭ ކަމެކެވެ.
ކަލެކްޝަން އެއް ހެދުން މިއީ ސަޅި ކަމެއް ނޫން ހެއްޔެވެ؟ ގޭގައި ހުރެގެން އަމިއްލަ ކަލެކްޝަން އެއް ހަދާލުމާކީ ކިހާ ހިތްގައިމު ކަމެއް ހެއްޔެވެ. އަމިއްލަ ކަލެކްޝަން އެއް ނެތްނަމަ މިއަދުން ފެށިގެން ކޮންމެއްސް ކަހަލަ އެއްޗެއް ކަލެކްޓް ކުރަން ފަށަމާ ހިނގާށެވެ. ދަބަސް، ސެންޓް ފުޅި ނުވަތަ އަތުކުރީ ގަޑި މިވެސް ކަލެކްޓް ކުރެވިދާނެ އެއްޗިއްސެވެ.




