އެކްޓަރު ސީޒަން އަލީގެ އެސް ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމް، "ލޯބިވެވިއްޖެ"ގެ ފަަސްޓް ލުކް އަދި ޕޯސްޓަރު ދައްކާލައިފިއެވެ.
ފިލްމްގެ ފަސްޓް ލުކް އިން ފިލްމްގެ މަންޒަރުތަކެއް ފެނިގެންދާއިރު، މިއީ އަސަރުގަދަ ތިނެސްކަން ލޯބީގެ ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ.
ފިލްމްގެ ލީޑު ރޯލުން ފެނިގެންދަނީ، ސީޒަން އަލީ އާއި، މަޝްހޫރު ދެ ބަތަލާއިން ކަމުގައިވާ މަރިޔަމް އައްޒައާއި އައިމިނަތު ރިޝްފާ އެވެ.
މީގެ އިތުރުން، ފިލްމްގެ ސަޕޯޓިން ކާސްޓުންގެ ގޮތުގައި، ފިލްމުގައި އަލީ އާޒިމް (ދޮން އައްޔަ)، އިރުފާނާ އިބްރާހިމް (އިރޫ) އަދި އަހްމަދު އީސާ (އާނަންދު) ވެސް ފެނިގެންދާނެއެވެ.
އަލީ ސީޒަން ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމު ޕްރޮޑިއުސްކުރަނީ އަލީ ޝިނާޒް މުހައްމަދު އާއި އައިމިނަތު ޝަނާޒެވެ.



