1979 ވަަނަ އަހަރު ސީރިޔާގައި ދިރިއުޅެމުންދިޔަ އާއިލާއެއް އެޤައުމު ދޫކޮށް އެމެރިކާގެ ކެެލެފޯނިޔާއަށް ދިރިއުޅުން ބަދަަލުކުރަން ނިންމިއެވެ. އެ އާއިލާއިން މިދަތުރު ރޭވި ގޮތަކީ ފުރަތަމަ ފިރިމީހާ އެމެރިކާއަށްގޮސް ދިރިއުޅެވޭނެގޮތެއް ހަމަޖެއްސުމަށްފަހު އޭގެ 3 ހަފްތާ ފަހުން އަންހެނުންނާއި ކުދިން ދަތުރުކުރާގޮތަށެެވެ. މިގޮތަށް ރޭވުމަށްފަހު އެކުދިންގެ ބައްޕަ އެމެރިކާއަށްދިޔައެވެ.
އޭގެ 3 ހަފްތާފަހުން 3 ކުދިންނާއެކު އެކުދިންގެ މަންމަ ދަތުރުފެށިއެވެ. މިދަތުރު ރޭވިފައިވަނީ ފުރަތަމަ އެމެެރިކާގެ ޗިކާގޯއަށް ފްލައިޓްގައި ދިއުމަށްފަހު އެތަނުން އިތުރު ފަލައިޓެއްގައި ކެލެފޯނިޔާއަށްދާގޮތަށެވެ. ފުރަތަމަ އެމެރިކާއަށް ފްލައިޓް ޖެއްސުމާއެކު އެއާޕޯޓް ކަސްޓަމްސްއިން އަލަށް އެމެރިކާއަށް އެތެރެވާ ފަރާތްތަކަށް ދޫކުރާ ގްރީންކާރޑް ހެދުމަށް ފޮޓޯ ނަގަން އާއިލާއަށް އެންގިއެވެ. އަދި ފޮޓޯ ނެގޭނީ ބުރުގާ (ޙިޖާބް) ނެގުމަފަހުކަމަށް ބުނުުންމުން ކަންބޮޑުވެފައި ހުރިވަރުން މަންމަ އެގޮތަށް އަމަލުކުރިއެވެ. އަދި ދެންތިބި 2 ކުދިންވެސް ބުރުގާ ނެގުމަށްފަހު ފޮޓޯ ނެގިއެވެ. ނަމަވެސް އެންމެ ހަގަށްހުރި ހާާލާ އަތީޤް ބުރުގާ ނެގުމަށް ދެކޮޅުހެދިއެވެ. ބުރުގާއަކީ އޭނަގެ ހަށިގަނޑުގެ ބައެއްކަމަށާއި ބުރުގާޔާއެކު ނޫންގޮތަކަށް ފޮޓޯ ނުނަގާނެކަމަށް ބުންޏެވެ. ނަމަސް ކަސްޓަމްސް އޮފިސަރުން އެކަމަށް އެއްބަސްނުވެ ފޮޓޯނެގޭނީ ބުރުގާ ނަގައިގެން ކަމަށް އެންގިއެވެ. އަދި އެގޮތަށް ފޮޓޯ ނުނަގާނަމަ ޖެހޭނީ އެނބުރި ސީރިޔާއަށް ދާން ކަމަށްބުނުމުންވެސް އެކާމަކާ ފަރުވާލެއްނެތް ކަމަށާއި ބުރުގާ ނަގައިގެން ފޮޓޯ ނެގުމަށްވުރެ އެގޮތްވެސް އޭނަޔަށް ރަނގަޅުކަމަށް ބުންޏެވެ .
އެންމެފަހުން މަންމައާއި ކަސްޓަމްސް އޮފިސަރުންގެ އިތުރުން އެހެން މީހުން ނަސޭހަތްދީގެންވެސް ހާލާގެ ވިސްނުން ބަދަލެއްނުކުރިއެވެ. 2 ގަޑިިއިރާބައިގެ މަޝްވަރާތަކަށްފަހު އެންމެ ފަހުން ބުރުގާއަޅައިގެން ފޮޓޯ ނެގުުމުގެ ހުއްދަ ކަސްޓަމްސްއިން ދިނެވެ. މިކަންތައްގަނޑަށްފަހު ފުރަން ބެލިއިރު، ފުރަން ހަމަޖެހިފައިވާ ފްްލައިޓަށް އެރޭވަރެއްނުވިއެވެ. އެކަމުގެ ސަބަބުން އާއިލާގެ ނުރުހުން ހާލާއަށް އަމާޒުވެގެންދިޔައެވެ.
އިތުރު މަޝްވަރާތަކަށްފަހު ދެން އެންމެ އަވަހަށް ފުރަން އޮތް ފްލައިޓަށް އެރޭނެގޮތް އެއާލައިނުން ހަމަޖައްސައިދިނެވެ. ކެލެފޯނިޔާއަށް ފްލައިޓް ޖެއްސިއިރު އިންތިޒާރުގައި ރޮވިފައި އެކުދިންގެ ބައްޕަ ހުއްޓެވެ. އާއިލާ ފެނުމާއެކު އުފަލުން އެކުދިންގައިގައި ބައްދައިގަތެވެ. އަދި އެމީހުން ފުރާނަ ސަލާމަތްވީތީ ﷲއަށް ޙަމްދުކުރިއެވެ. ވީގޮތް އޮޅުން ފިލުވުމުން އެކުދިން އަަސްލު ދަތުރުކުރަން ހަމަޖެހިފައިވާ ފްލައިޓް " އެމެރިކަން އެއާލައިންސް ފްލައިޓް 191" ވެއްޓުނު ވާހަކަ ވާހަކަ ބައްޕަ ބުންޏެވެ.

މިފްލައިޓުން ދަތުރުކުރި އެންމެންވަނީ މިހާދިސާގައި މަރުވެފައެވެ. ނިކަންވިސްނާ ފިކުރުކޮށްލައްވާށެވެ. އުުމުރުން ކިތަންމެ ހަގު ކަމުގައިވިޔަސް އެދުވަހު ހާލާ އެދެއްކެވީ އަޤީދާގައި ހުރި ސާބިތުކަމެވެ. ﷲ ޙަރާމްކުރެއްވި ކަމެއް ނުކުރާނެކަމެވެ. ބަދަލުގައި އެކަލާންގެ ދެއްވި ނިޢުމަތްދެކިބަލާށެވެ. މުޅިއާއިލާއެއްކޮށް ސަލާމަތް ކޮށްދެއްވީއެވެ.




