ނައިބު ރައީސާއެކު އެމްޑީޕީގެ އިސްވެރިން ލަންކާ އަށް

ސްރީލަންކާގައި ބޮން ގޮއްވައި ދިން ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކުރަން ނައިބު ރައީސް ފައިސަލް ނަސީމްއާއެކު އެމްޑީޕީގެ އިސްވެރިން ސްރީލަންކާ އަށް މިއަދު ހެނދުނު ވަޑައިގެންފިއެވެ.

ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުންނާ އެކު މާދަމާ ލަންކާގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ލަންކާ އަކީ އެކި ދާއިރާތަކުގެ ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށްވާއިރު، އެ ގައުމަކީ އެމްޑީޕީ އަށް އެންމެ ބޭނުންވި ދުވަހު ވެސް އެހީތެރިކަން ފޯރުކޮށްދިން ގައުމު ކަމަށް އެމްޑީޕީން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެގޮތުން މިދިޔަ ސަރުކާރުގައި ނަޝީދު ބޭރަށް އަރުވާލެވިގެން ހުންނެވިއިރު އެމަނިކުފާނަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީން އަބަދުވެސް ލަންކާ އާއެކު ދެމި އޮންނާނެ ކަމަށާއި، އެގައުމަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެގައުމުގެ ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް