ދަންވަރު ސިއްސައިގެން ގޮސް ހޭލެވެނީ ސްޓްރީކް ގޮސްދާނެތީއެވެ. ޖީބުގައި އަތްޖައްސާލާއިރު ފޯނު ނެތުމުން ލިބޭފަދަ ހާރޓްއެޓޭކެއް މިއަދު އަދި ސްނެޕެއް ނުކުރެވެއޭ ހިތައް އެރުމުންލިބެއެވެ. މި އިހުސާސް އިނގޭނީ ހަމަ ސްނެޕްޗެޓް ބޭނުންކުރާ ފަރާތްތަކަށެވެ. ތިބާވެސް އޭގެ ތެރޭގައި ހިމެނޭދޯއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ގިނައަދަދެއެއްގެ މީހުން ބޭނުންކުރަމުން އަންނަ ސްނެޕްޗެޓަކީ ދިވެހިންގެ ހިތްތައްވެސް އަތުލައިފައިވާ އެޕެކެވެ. އޮފީސްތަކުގައި ބިޒީކޮށް އުޅެމުންވެސް ވަގުތެއްވާއިރަށް ސްނެޕެއް ކޮށްލެވޭތޯބަލައެވެ. ހަމަ ސްޓްރީކް ގޮސްދާނެތީއެވެ. ބިޒީވެގެން ނަމަވެސް ސްނެޕެއް ނުކޮށް ހުރެވިއްޖެނަމަ ރަށްޓެހިންގެ ފަރާތުން ފޯނަށް އަންނަ ކޯލް ތަކާއި މެސްޖްތައް ގިނަވެއެވެ. "އޭ ބްރޯ ސްޓްރީކް ދަނީ" އޭ ބުނެލަން ގުޅާ މީހުން މަދެއް ނުވާނެކަން ޔަގީނެވެ. މެސްޖްއެއް ކޮށްލައިގެން ނަމަވެސް އެކުވެރިޔާގެ ސްޓްރީކް ދާން އުޅޭކަން އަންގާލާނެއެވެ. އެހާވެސް ބޮޑަށް ދިވެހިން ސްނެޕްޗެޓަށް މިވަނީ ދެވިހިފާފައެވެ.
ސްނެޕްޗެޓް ފިލްޓާރއެއް ބޭނުންކޮށްގެން ސެލްފީއެއްނަގައި ފޮނުވައިނުލެވޭނަމަ ދުވަސް ފުރިހަމައެއް ނުވެއެވެ. އެއްޗެއް ކާލުމުގެ ކުރިން ސްނެޕްކުރަން ޖެހެއެވެ. ދަތުރެއްދާނަމަ ދަތުރު ފަށާ ހިސާބުން ނިމެންދެން ފެންނަ ކޮންމެ މަންޒަރެއް ސްނެޕް ކުރަން ޖެހެއެވެ. ނިދުމުގެ ކުރިން ނިދާބޮކީގެ ފޮޓޮއެއް ގުޑްނައިޓް ކިޔައިފައި ފޮނުވަންޖެހެއެވެ. ނިދާހޭލައިގެން ފުރަތަމަ ކަމަކަށް ގުޑްމޯރނިން ކިޔާ ކޮޓަރީގެ ދޮރުފޮތިގަނޑުގެ ފޮޓޮއެއް ނަމަވެސް ފޮނުވަން ޖެހެއެވެ. އެހެންނޫނީ ހިތްހަމަވެސް ނުޖެހެނީއެވެ. މިކަންތައްތައް ނުކުރާނަމަ އަދި ތިއުޅެނީ ސްނެޕްޗެޓް ތެރެއަށް ނުވަދެވިގެންނެވެ.
އަވާރގްލާސް އަރާފައި ހުއްޓާ ފެނުމުން އެލިބޭ ހާރޓްއެޓޭކަށްވުރެ ސްޓްރީކް ނުދަނީސް ސްނެޕެއް ކުރެވުމުން އެލިބޭ ހިތްހަމަޖެހުން މާބޮޑީއެވެ. ރަށްޓެހިންނާއި ގުޅުން ބަދަހިކޮށް ފޮޓޯފޮނުވައިލާ އެކުވެރިޔާގެ ދުވަސް ދިޔަގޮތްވެސް ސްނެޕްޗެޓް ބޭނުންކުރާނަމަ އެނގޭނެއެވެ. ރަށްޓެހިންނާއި އާއިލާ މީހުންގެ ދުވަސްތައް ދާގޮތް ބަލައިލަން ބޭނުންނަމަ އަވަހަށް ސްންޕްޗެޓް އިންސްޓޯލް ކޮށްލުން ކިހިނެއް ވާނެހެއްޔެވެ؟