ހަނގުރާމަވެރިންގެ ހަމަލާއެއްގައި ޗާޑްގެ ރައީސް އަވަހާރަވެއްޖެ

ހަނގުރާމަވެރިންގެ ހަމަލާއެއްގައި ޗާޑްގެ ރައީސް އިދްރިސް ޑާބީ އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 68 އަހަރުފުޅުގެ ޑާބީ އަވަހާރަވެފައިވަނީ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް ކަމަށް އެގައުމުގެ އަސްކަރިއްޔާއިންވަނީ ބުނެފައެވެ.

ޑާބީ އަވަހާރަވެފައި މިވަނީ ޗެޑުގެ ރައީސްކަމަށް ހަވަނަ ދައުރަކަށް އިންތިހާބުވިކަމަށް އޭޕްރީލް 11 ވަނަ ދުވަހު ނެގުނު ވޯޓުގެ ވަގުތީ ނަތީޖާއިން ދައްކާފައިވަނިކޮށެވެ. ޗެޑުގެ ރައީސްކަން ޑާބީވަނީ މިހާތަނަށް 30 އަހަރު ކުރައްވައިފައެވެ.

ޑާބީ އަވަހާރަވެފައިވަނީ އިންތިހާބުގެ 80 އިންސައްތަ ވޯޓު ކާމިޔާބުވުމާއެކު އެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ލީބިޔާގެ ބޯޑަރު ސަރަހައްދުގައި ހަނގުރާމަވެރިންނާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އަސްކަރިއްޔާގެ ސިފައިންނާއި ބައްދަލު ކުރެެއްވުމަށް ހަފްތާ ބަންދުގައި ކުރެއްވި ދަތުރުފުޅުގައި ހަނގުރާމަވެރިންގެ ހަމަލާއެއް އަމާޒުވެގެންނެވެ.

ޑާބީ ޗާޑްގެ ވެރިކަން ހޯއްދެވީ 1990 ވަނައަހަރު އެގައުމަށް ގެނެވުނު އަސްކަރީ ބަޣާވާތަކުން ޗާޑްގެ އޭރުގެ ރައީސް ހުސައިން ހިބްރީގެ ސަރުކާރު ވައްޓާލުމަށްފަހުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ