ޤާނޫނާ އެއްގޮތަށް ޖުޑީޝަރީ އިޞްލާޙްކުރަން ކުރާ ކަންކަމަށް ތާއީދު ކުރައްވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުޑީޝަރީ އިޞްލާޙު ކުރުމުގެ މަސައްކަތް ކުރަން އެންމެ ރަނގަޅު ގޮތަކީ މިހާރު ހުރި ޤާނޫނުތައް އިޞްލާޙުކޮށް، އަދި ޤާނޫނު އަސާސީ އިޞްލާޙުކުރަން ޖެހޭނަމަ އެކަންވެސް ކޮށްގެން ގެންނަންޖެހޭ ބަދަލުތައް ގެނައުން ކަމަށެވެ.
ޤާނޫނާ އެއްގޮތަށް ޖުޑީޝަރީ އިޞްލާޙްކުރަން ކުރާ ކަންކަމަށް އަޅުގަނޑު ތާއީދުކުރާނަން. ޖުޑީޝަރީ އިޞްލާޙުކުރުމުގެ މަސައްކަތް ކުރަން އެންމެ ރަގަޅު ގޮތަކީ މިހާރު ހުރި ޤާނޫނުތައް އިޞްލާޙުކޮށް، އަދި ޤާނޫނުއަސާސީ އިޞްލާޙުކުރަންޖެހޭނަމަ އެކަންވެސް ކޮށްގެން ގެންނަންޖެހޭ ބަދަލުތައް ގެނައުން. https://t.co/hpIXeeIHFo
— Ahmed Usham (@a_usham) June 14, 2019
ބަންޑާރަ ނައިބުގެ ނައިބުކަން ކުރިން ކުރައްވާފައިވާ އުޝާމް ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސަސްޕެންޝަން އުވާލައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރުމަށް ޖޭއެސްސީން ނިންމާފައިވާ ނިންމުމަކީ ޤާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ވިދާޅުވެފައެވެ.




