ހުކުރު ގަޑީގައި ހ.ޅޮހީގޭ ތިރީގަ ހުންނަ ފްލައިމީގެ ގްރީން އޮފީސް ފަޅާލައި އެ އޮފީހުގެ ބައެއް ތަކެއްޗަށް ގެއްލުންދީފިއެވެ.
ފްލައިމީގެ އޮފީހަށް ވަދެފައިވަނީ ކޯރާޑިއެއް ފަދަ ތޫނު އަދި ބޮޑު ހަތިޔާރެއް ބޭނުންކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.
ފްލައިމީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ނާޝިދު އާއި ހަވާލާދީ "ވީނިއުސް"ގައި ބުނެފައިވާގޮތުގައި މި އަދުގެ ހުކުރު ވަގުތު އެ އޮފީހަށްވަދެ އެއޮފީހުގެ ރިޒަވެޝަން ސެކްޝަނާ، ކުއަލިޓީ ސެކްޝަނަށްވަދެ އެތަނުގައި ހުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުންދީފައިވާ ކަމަށެވެ.
މިމައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާއިރު، އެތަނުން އެއްޗެއް ވަގަށް ގެންދިޔަ ކަމަށް އަދި ޔަގީނެއް ނޫނެވެ. ނަމަވެސް އެ އޮފީހުގައި ހުރި ތިޖޫރި ފަޅާލަން އުޅެފައިވާކަމުގެ ނިޝާންތައް ފެެންނަން ހުރި ކަމަށް ވެއެވެ.





ހިޔާލު
ހ. ގުރީން ގޭގައި ހުންނަ