އިސްލާމިކް މިނިސްޓަރ - ފޮޓޯ: ޕީއެސްއެމް

ކީރިތި ޤުރުއާނާއި ޙަދީޘް ޢިލްމު ފުޅާކުރުރުމަށް މިދަނީ މަސައްކަތް ކުރަމުން - މިނިސްޓަރ

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދައުރު ފުޅާކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން، ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާބެހޭ ދިރާސާތައް ކުރުމާއި، ޙަދީޘް ޢިލްމު، ފުޅާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުންގެންދަވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު މިހެން ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހިންގި ފުރަތަމަ ޤުރުއާން މުދައްރިސުކަމުގެ ޑިގްރީ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ މަސްއޫލިއްޔަތުތަކާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދިޔަނަމަވެސް އެމަރުކަޒަކީ ބޭނުންތެރި މުހިއްމު މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ މަރުކަޒެއްކަމަށެވެ.

ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދައުރު މިހާރަށްފުރެ ފުޅާކޮށް، ދެވޭ ޚިދުމަތްތައް އިތުރުކުރުމަށްޓަކާ ސަރުކާރުގެ ފަރާތުން މުހިއްމު އިރުޝާދުތަކެއް ލިބިފައިވާކަމަށާ، އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

"ކުރީގެ މެންޑޭޓުގެ އިތުރުން ވަރަށްގިނަ މަސްއޫލިއްޔަތުތަކެއް މިހާރު އެމަރުކަޒަށް ވަނީ މަތިކުރެވިފައި. ކުރިއަށްވުރެ ފުޅާކޮށް ހިންގުން ހަރުދަނާކުރުމަށް ގިނަ އިރުޝާދުތަކެއް ސަރުކާރުން ވަނީ ދަންނަވާފައި. އަދި މަސައްކަތްތަކެއް ވަނީ ރޭވިފައި. އެގޮތުން އެ މަރުކަޒުން ކީރިތި ޤުރުޢާން އަދި ރަސޫލާގެ ސުންނަތާބެހޭ ދިރާސާތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިދަނީ މަސައްކަތް ކުރަމުން. އަދި ހަދީޘް އިލްމު ފުޅާކޮށް، ދިވެހިންގެ ހިތްތަކުގައި ލޯބި ޖެއްސުމަށް ޕްރޮގްރާމްތަކެއް ވަނީ ރޭވިފައި" އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. 

އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ދިވެހި ޙާފިޒުންނާއި ޤާރިން، ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ތަމްރީން ކުރުމަކީ ސަރުކާރުގެ ވިސްނުމެއްކަމަށާއި، އެކަމުގެ ޕްލޭންތައްވެސް ކުރައްވަމުންގެންދަވާކަމަށެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ، އެ މަޒުކަޒަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، މުދައްރިސުން ތަމްރީންކޮށް، ވަޞީލަތްތައް އިތުރުކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާކަ

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް