"އެޕޯލޯ 11"ގެ އެސްޓްރޮނޮޓް މައިކަލް ކޮލިންސް މަރުވެއްޖެ

1969 ގައި ހަނދަށް ދަތުރުކުރި ޖައްވީ އުޅަނދު "އެޕޯލޯ 11" ގެ ކްރޫގައި ހިމެނޭ މައިކަލް ކޮލިންސް އުމުރުން 90 އަހަރުގައި މަރުވެއްޖެއެވެ.

"އެޕޯލޯ 11" ހަނދަށް ޖެއްސުމުގައި ކޮލިންސް ބޮޑު ދައުރެއް އަދާކޮށްފައިވާއިރު، އޭނާ އާއެކު ދެން މި ދަތުރުގައި ބައިވެރިވެފައިވަނީ ނީލް އާމްސްޓްރޯންގ އާއި ބަޒް އެލްޑްރިންއެވެ.

މި ތިން މީހުން މަޝްހޫރުވެފައިވަނީ، އެންމެ ފުރަތަމަ ހަނދަށް ދަތުރުކުރި ފަރާތްތަކުގެ ގޮތުގައި އެވެ. މި ތިން މީހުން ވަނީ ހަނދުގައި ހިނގައިފައެވެ.

ކޮލިންސްގެ މަރާއެކު މި މަހުގެ 28 ވަނަ ދުވަހު އޭނަގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ، ކޮލިންސް މަރުވެފައިވަނީކެންސަރު ބައްޔަށް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ކޮލިންސްގެ މަރާއިއެކު މިހާރު "އެޕޯލޯ 11" ގެ މިޝަންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ދުނިޔޭގައި ހުރީ 91 އަހަރުގެ ބަޒް އޯލްޑްރިން އެކަންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ