2019 ވަނަ އަހަރު ނިއްމާލި ކާމިޔާބު ޓީވީ ޝޯ "ގޭމް އޮފް ތްރޯންސް"ގެ ޕްރީކުއަލް ސީރީޒް "ހައުސް އޮފް ޑްރެގަންސް" ގެ ޕްރޮޑަކްޝަން މަސައްކަތް ފަށައިފިއެވެ.
އެޗްބީއޯ އިން ގެނެސްދޭ މި ސީރީޒްގެ މަސައްކަތް ފަށައިފިކަން އެޗްބީއޯ އިން ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.
އިނގިރޭސިވލާތުގައި މި ފިލްމްގެ މަންޒަރުތައް ނެގުމުގެ މަސައްކަތް ފަށައިފައިވާއިރު، ކެމެރާގެ ފުރަގަހުގެ މަންޒަރުތައް އެޗްބީއޯ އިން ވަނީ ޓްވިޓާގައި ހިއްސާކޮށްފައެވެ. އެގޮތުން ސީރީޒްގެ ކާސްޓުން ގައިދުރުކަމާއެކު ސީރީޒްގެ ސްކްރިޕްޓް ކިޔާ މަންޒަރު ފެންނަ ފޮޓޯއެއް އެޗްބީއޯއިން ވަނީ މީގެ ހަތަރު ދުވަސްކުރިން ޓްވީޓް ކޮށްފައެވެ.
Fire will reign ????#HouseoftheDragon is officially in production. Follow @HouseofDragon for all updates. pic.twitter.com/lc3dhIcm5u
— ???? Game of Thrones ???? (@GameOfThrones) April 26, 2021
"ހައުސް އޮފް ޑްރެގަންސް"އަކީ "ގޭމް އޮފް ތްރޯންސް"ގެ ދުވަސްތަކުގެ 300 އަހަރު ކުރިއަށް ޖެހިލާ "ޓާރްގޭރިއަންސް" އާއިލާގެ ދުވަސްތައް ދައްކުވައިދޭނެ ފިލްމެކެވެ.
ކޮވިޑް-19 ގެ ސަބަބުން މި ސީރީޒްގެ މަސައްކަތް ލަސްވެފައިވާއިރު، ސީރީޒް ދައްކަން ފަށާނެ ދުވަހެއް އަދި ޔަގީނެއްނުވެއެވެ.




