ޖަޕާނުގެ ޒުވާން ޓަކެފޫސާ ކޫބޯ ހޯދުމުގެ ރޭހުގައި ރައަލްމެޑްއިޑްއިން ބާސެލޯނާ ފަހަތަށް ޖައްސައިލިފިކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ޓޯކިއޯ އެފްސީއަށް ކުޅެމުން އަންނަ އުމުރުން 18 އަހަރުގެ މިކުޅުންތެރިޔާ ހޯދުމުގެ މަސައްކަތް ބާސެލޯނާއިން 2014 ވަނަ އަހަރުވެސްވަނީ ކޮށްފައެވެ. ނަމަވެސް ހަގު ކުޅުންތެރިން ގެނެސް ފީފާގެ އަދަބެއް ކުރިމަތިވެދާނެކަމުގެ ބިރަށް ބާސާއިން އެފަހަރު ޓަކެފޫސާ ކްލަބަށް ގެނައުމުގެ ޚިޔާލު ދޫކޮށްލިއެވެ.
އޭގެ ފަހުން ބާސާއިން ކޫބޯއަށް މާބޮޑު ސަމާލުކަށް ނުދެވި ހުއްޓާ ރެއަލްމެޑްރިޑުން މިހާރު މިކުޅުންތެރިޔާ ގެނައުމުގެ މަސައްކަތް މިވަނީ ފަށާފައެވެ. ފްރާންސްގެ ޕީއެސްޖީއިންވެސް ކޫބޯއަށް ފާރަލަމުން ދާއިރު ކޫބޯ ދިއުން އެންމެގާތީ ރެއަލްމެޑްރިޑަށްކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޫބޯއަށް އަހަރު 1 މިލިއަން ޔޫރޯގެ މުސާރައެއް ދިނުމަށް ރެއަލްމެޑްރިޑްއިން ހުށައަޅާފައިވާއިރު ޓްރާންސްފާ ފީގެ ގޮތުގައި ރެއަލްމެޑްރިޑްއިން ޓީކިއޯ އެފްސީ އަށް ދެ މިލިއަން ޔޯރޯ ދިނުމަށް ނިންމާފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ކޫބޯގެ ޓްރާންސްފާގެ ކަންތައްތައް މިހާރު ނިމިފައިވާއިރު އޭނާ އަންނަ ސީޒަންގައި ފެނިގެންދާނީ ކަސްޓިއްޔާއިން ކަމަށް ގިނަ މީޑިއާތަކުން މިހާރު ޤަބޫލުކުރެއެވެ.




