މެޓްރޯ އޯވާޕާސް އެއް ވެއްޓި 23 މީހުން މަރުވެއްޖެ

ބުރިޖް މަގެއް (މެޓްރީ އޯވާޕާސް) ވެއްޓި މެކްސިކޯ ސިޓީއިން 23 މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެއެވެ.

މި މަގު ވެއްޓިފައިވަނީ އޭގެން ރޭލެއް ދަތުރުކުރަމުން ދަނިކޮށެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މެކްސިކޯ ސިޓީގެ މޭޔަރ ކްލައުޑިއާ ޝީންބައަމް ވިދާޅުވީ ހާދިސާ ހިނގި ސަބަބު އަދި ހޯދިފައިނުވާ ކަމަށާއި މިހާރު ހާދިސާ ހިނގި ސަބަބު ހޯދުމަށް ތަހުގީގު ފަށައިފައިވާ ކަމަށެވެ.

ލޯކަލް މީޑިއާތަކުން މައުލޫމާތުދޭގޮތުގައި 2017 ވަނަ އަހަރު މެކްސިކޯ ސިޓީއަށް އައި ބިންހެލުމާއި ގުޅިގެން މި ވެއްޓުނު ބުރިޖުމަގަށްވަނީ ކޮންމެސްވަރެއްގެ ގެއްލުންތަކެއް ލިބި ރެނދު ލައިފައެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީއިން ފަހުން މި ބުރިޖުމަގު މަރާމާތު ކޮށްފައިވާކަމަށްވެސް ބަޔެއް ނޫސްތަކުން ރިޕޯޓު ކުރެއެވެ.

މިހާދިސާގައި 65 މީހަކު ޒަހަމްވެފައިވާއިރު ހަތް މީހެއްގެ ހާލު ސީރިއަސްކަމަށް ބޭރުގެ މީޑިއާތަކުން މައުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ