އެމްޑީޕީގެ އިސް ވަފްދަކާއި އެކު އަވަށްޓެރި ސްރީ ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު އަންނަ ހަފްތާގެ ތެރޭގައި ފާސްވެ، އެ ކޮމިޝަންތަކަށް ގާނޫނީ ބާރު ލިބިގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮމެޓީ މަރުޙަލާގައި އޮތް އެބިލް، ފެށޭ ހަފްތާގެ ތެރޭގައި އަނބުރާ މަޖިލީހުގެ ތަޅުމަށް ގެނެސް އެބިލް ފާސް ކުރާނެ ކަމަށް ނަޝީދުވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ދެކޮމިޝަނެއް އުފައްދަވާފައިވާއިރު އެއީ ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ތަހުގީގު ކުރާ ކޮމިޝަނާއި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ދަޢުލަތުން ގެއްލިފައިވާ ފައިސާއާ ގުޅޭ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނެކެވެ.
އަދި މިކޮމިޝަންތަކުގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށްވެސް މިނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދުވަނީ ވިދާޅުވެފައެވެ.




