މޯލްޑިވިއަން އައިޑަލް އިން އާއްމުންގެ ތެރެއަށް މަޝްހޫރުވި ލަވަކިޔުންތެރިޔާ މުހައްމަދު ޝަމްވީލް އާއި ލަވަކިޔުމުގެ ދާއިރާއަށް އަލަށް ތައާރަފްވި އާމިނަތު ރާޔާގެ ހިތްގައިމު އަޑުން ކިޔާފައިވާ ލަވަ "ތި ލޯބި ހޫރު"ގެ ވީޑިއޯ ލަވަ ނެރެފިއެވެ.
މިއަހަރުގެ މާޗް މަހުގެ ތެރޭގައި މި ލަވައިގެ އޯޑިއޯ ބެލުންތެރިންނަށް ދޫކޮށްލިއިރު، ގިނަ ބަޔަކަށް މިލަވަ ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ. ލަވައަށް ލިބުނު ތަރުހީބާއެކު ލަވައިގެ ވީޑިއޯއެއްވެސް ވަނީ މިވަނީ ނެރެފައެވެ.
ޝަމްވީލް އާއި ރާޔާ ގެ ޖާދުވީ އަޑުން އިވިގެންދިޔަ މި ލަވައިގެ އޯޑިއޯ ލަވައެކޭ އެއްވަރަށް، ވީޑިއޯވެސް ވަރަށް ފުރިހަމައެވެ.
މި ލަވައިގެ ވީޑިއޯއިން ފެނިގެންދަނީ "އެހެނަސް" ސީރީޒް އިން އެކްޓިންގެ ދާއިރާއަށް ނުކުތް ޝަމާނާ އާއި އަދި އާ މޫނެއް ކަމަށްވާ އަދުހަމް އެވެ.
މި ލަވަ ޑައިރެކްޓް ކޮށްދީފައިވަނީ ޔާމީން ޒަކީ އެވެ. އަދި މިލަވައިގެ ވީޑިއޯޯގްރަފީ ހަދައިދީފައިވަނީ ވިޝާލް އާމިރްއެވެ.



