ކައިވެންޏަށް 17 އަހަރު، މަނިކު ބުނެދިނީ ޝީލާ ދެކެ ވާ ލޯބި!

ދިވެހި ފިލްމީ އިންޑަސްޓްރީގެ އެންމެ އުހުގައި އަދިވެސް ފިޔަޖަހަމުން އަންނަ ކަޕްލް، މަނިކު އާއި ޝީލާ އަކީ އަދިވެސް އެންމެ ގިނަ މީހުންގެ ފޭވަރިޓެވެ. މި ދެމެފިރިންގެ ދިރިއުޅުމުން އެތައް ނަމޫނާތަކެއް ފެންނަމުން އަންނައިރު، ދެމީހުން އަކަކު އަނެކަކު ދެކެ ވާ ލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ.

މިއަދަކީ މަނިކު އާއި ޝީލާގެ ދުވަސްވީ އުފާވެރި ކައިވެންޏަށް 17 އަހަރު ފުރުނު ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ލޯބިވާ އަންހެނުންނަށް އެނިވާރސަރީގެ ތަހުނިޔާ ފޮނުވަމުން، މަނިކު ވަނީ ޝީލާ ދެކެ ވާ ލޯބިވެސް ކިޔައިދީފައެވެ.

އުފާވެރި 17 އަހަރުގެ ކައިވެނީގެ އެނިވާސަރީގައި މަނިކު އާއި ޝީލާގެ ފޮޓޯއެއް ހިއްސާކޮށް، މަނިކު ބުނީ، މިއަދު މިކުރެވޭ އިހްސާސްތައް ބަޔާންކޮށްދެވޭނެ ބަހެއް(ލަފްޒެއް) ނޭނގޭ ކަމަށެވެ.

"އަަހަރެން ބުނަން ބޭނުންވާ ބައިވަރު އެއްޗެހި އެބަހުރި. އެކަމަކުވެސް ފަށަން ބޭނުން ވަނީ މަގޭ ދިރިއުޅުމުގެ އެއްބަޔަށް ވީީތީ ވަރަށް ބޮޑަށް ޝުކުރުވެރި ވަމޭ ބުނަމުން" މަނިކް ލިޔެފައިވެއެވެ.

ޝީލާދެކެ ވާ ލޯބި ބަޔާންކޮށްދެމުން މަނިކު އިތުރަށް ބުނީ، "އަހަރެންނަކީ ހާދަ ބޮޑޫ ނަސީބުވެރިއެކޭ، ކަލާ އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ވީތީ. ތީ މަގޭ އަނބިމީހާއެ ބުނަން ލިބުމަކީ، އަހަރެންނަށް ލިބުނު ނިއުމަތެއް"، މިހެންނެވެ.

މަނިކު އާއި ޝީލާގެ ކައިވެންޏަށް 17 އަހަރު ފުރުނުއިރު، ދެމެފިރިންގެ ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވެއެވެ.

މަނިކު އައި ޝީލާގެ މިހާރުގެ ދިރިއުޅުމަށް ބަލާއިރު، ދެމަފިރިން މިހާރު ހުސްވެގެން ހުރީ ފިލްމީ މަސައްކަތަށްވުރެ ބޮޑަށް އަމިއްލަ ދިރިއުޅުމުގެ މަސައްކަތަށެވެ. އެގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މި ދެމަފިރިންގެ ދިރިއުޅުންވެސް ބަދަލުވެ، ޝީލާ ފެށި "ބްރެކްފާސްޓް"ގެ ވިޔަފާރީގެ ތެރެއިން މިހާރު ދެމަފިރިން އަންނަނީ ކެފޭ އެއްވެސް ހިންގަމުންނެވެ.

މިލިޔުން ކިޔާލުމުން
247522
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޙައްޖަ

    ދެންް ފިލްމުު ކުޅޭނެެ ކަމެއްް ނެތްް އަގުު ނުވެއްޓިި ތިތިބީީ އަދިި ދެންް އޮތްތަނުގަަ ﷲއެންވިި ގޮތައްް އުޅެވޭތޯޯ ބަލާާ ކުރިންް ލާރިި ތިހޯދީީ ހަލާލުު މަސައްކަތަކުންނޫންް ދަރިންް ބޮޑެތިކުރަންވާނީީ އެކުދިންނައްް ހަލާލުު ތަކެތިި ކާންދީގެންް ހީކުރަންް މިވާހަކަަ ޤަބޫލުކުރާނެެ ކަމަށް

    67
    3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ