ފ.ފީއަލިން ޑެންގޫ ހުމަށް ޕޮޒިޓިވްވި ކުދިން ޤައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުގައި މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ފ. ފީއަލީ ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ ހަ ކުއްޖަކަށް އިތުރު ފަރުވާ ދިނުމަށް އެމްއެންޑީއެފް ކޯސްޓްގަރޑް ސީއެންބިއުލަންސްގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ފީއަލިން އިތުރު ފަރުވާއަށް ގެންނަ ހަ ކުދިން މިރޭ 21:30 ގައި މާލެ ގެންނާނެ." އެންއެންޑީއެފް އިން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށު ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުންދިޔަ ހަ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ވަރަށް ސީރިޔަސްއެވެ.
ހަ ކުދިން ކޯސްޓްގަރޑްގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، އެރަށުން ޑެންގީ އަށް ޕޮޒިޓިވް ވި ދެ ކުއްޖަކު ރޭވެސް މާލެ ގެނެސްފައިވާއިވެއެވެ. އަދި އޭގެ ކުރީ ދުވަހުވެސް އެރަށުން ދެ ކުއްޖަކުވަނީ މާލެ ގެނެސްފައެވެ. ފީއަލީގެ ޞިއްޙީ ހާލަތު ގޯސްވެފައިވާއިރު، ޑެންގޫ ހުމުގެ އިތުރުން ބޭރަށް ހިންގުންވެސް ފެރެމުންދެއެވެ. މިހާލަތަށް އެރަށް ގޮސްފައިވާއިރު އަތޮޅު ހޮސްޕިޓަލުގެ ޓީމަކުން އެރަށަށް ގޮސް ބަލިމީހުންނަށް ފަރުވާ ދީފައިވެއެވެ.
ހިޔާލު
Gws
ކޮމެންޓް ކުރުން ބަންދު