ޑޫކް އޮފް ކެމްބްރިޖް ޕްރިންސް ވިލިއަމް، ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފިކަން ހާމަކޮށްފިއެވެ.
ޕްރިންސް ވިލިއަމް ވެކްސިން ޖައްސަވަނިކޮށް ނަގަފައިވާ ފޮޓޯއެއް މިއަދު ކުރި ޓްވީޓެއްގައި ވަނީ ހިއްސާކުރައްވައިފައެވެ. މި ޓްވީޓުގައި އޭނާ ބުނީ މިދިޔަ އަންގާރަ ދުވަހު ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފިކަމަށެވެ.
މިގެ އިތުރުން، ވެކްސިން ޖެހުމުގައި ހަރަކާތްތެރިވާ ހުރިހާ މަސައްކަތްތެރިންނަށް ޝުކުރު އަދާކޮށް، މަސައްކަތް ކުރިއަށް ގެންދިއުމަށް ޕްރިންސް ވިލިއަމް ވަނީ ހިތްވަރު ދެއްވައިފައެވެ.
ޕްރިންސް ވިލިއަމް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވިއިރު، އޭނަގެ އަންހެނުން ކޭޓް ވެކްސިން ޖެއްސެވިކަމެއް އަދި ސާފެއްނުވެއެވެ. ނަމަވެސް، ޝާހީ އާއިލާގެ ތެރެއިން ކުއީން އެލިޒެބަތް އާއި ޕްރިންސް ފިލިޕް މިހާރުވަނީ ކޮވިޑް ވެކްސިން ޖައްސަވައިފައެވެ. އަދި ޕްރިންސް ވިލިއަމްގެ ބައްޕާފުޅު ޕްރިންސް ޗާލްސްވެސް ވަނީ މިދިޔަ ފެބްރުއަރީ މަހު ކޮވިޑް ވެކްސިން ޖައްސަވައިފައެވެ.
ބައްޕާފުޅު ޕްރިންސް ޗާލްސް މިދިޔަ އަހަރުގެ މާޗް މަހު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ކުޑަދުވަސްކޮޅެއް ކުރިން އޭޕްރީލް މަހު ޕްރިންސް ވިލިއަމް ވެސް ބައްޔަށް ޕޮޒިޓިވްވިއިރު، އެކަން ފުރަތަމަ ވަނީ އާއްމުންނަށް ސިއްރުކޮށްފައެވެ.
އިނގިރޭސި ވިލާތުގައި ކޮވިޑް-19 ގެ ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ވަރަށް ފުޅާކޮށް ކުރިއަށްގެންދަމުންނެވެ.




